ކުޑަ މަތިންދާބޯޓެއް އެމެރިކާގެ ވާޖިނިއަރ ސްޓޭޓަށް ވެއްޓިޖެއެވެ.

ރިޕޯޓްތަށް ބުނާގޮތުގައި އެ މަތިންދާބޯޓު ވެއްޓުނީ ވާޖިނިއަރ ސްޓޭޓުގެ ހައިވޭއެއްގެ މައްޗަށް ޖައްސަން އުޅެނިކޮށެވެ.

މި މަތިންދާ ބޯޓު ޖައްސަން ޖެހުނީ އޭގެ އިންޖީނުގައި މައްސަލައެއް އުޅޭތީ އިމެޖެންސީ އެއްގައިއެވެ. އެމަޖެންސީގައި ޖެއްސި ވަގުތު އެ މަތިންދާބޯޓުގައި އިނޯ 25 އަހަރުގެ ޕައިލެޓު އެކަންޏެވެ. އޭނާ ވަނީ ބޯޓު ވެއްޓުމުގެ ހާދިސާގައި މަރުވެފައެވެ.

ހައިވޭ ޕެޓްރޯލް ކުރާ ފުލުހުން މައުލޫމާތު ދިން ގޮތުގައި އެ މަތިންދާ ބޯޓު ހައިވޭއަށް ވެއްޓުނު އިރު ހައިވޭގައި ހުރި އެއްވެސް މީހަކަށް އަދި އުޅަނދަކަށްވެސް ގެއްލުމެން ނުވެއެވެ.

އެމެރިކާގައި ކުޑަ މަތިންދާ ބޯޓު ވެއްޓުމުގެ ހާދިސާތަކަކީ އަބަދުވެސް ހިނގާ އާންމު ކަމެކެވެ. އާންމުކޮށް އެމެޖެންސީ ހާލަތެއް މެދުވެރި ވެއްޖެ ނަމަ ބޯޓު ޖައްސާލަނީ ކައިރީގައި އޮތް ހައިވޭއެއްގެ މައްޗަށެވެ.

އެމެރިކާގެ ވައިގެ ދަތުރުތަކާއި ބެހޭ އިދާރާތަކުން ދަނީ މިހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ. އެގޮތުން މި ހާދިސާ ހިންގުމުގައި އެއާޕޯޓުގެ އިހުމާލެއް އޮތްތޯ ދަނީ ތަހުގީގު ކުރަމުންނެވެ.

މީގެ ހަތަރުމަސް ކުރިން އެމެރިކާގެ ނިއުޔޯކްގެ ލަގާރޑިއާ އެއަރޕޯޓުން ފުރައިގެން ޑަލަސްއަށް ދަތުރުކުރި އެމެރިކާގެ ސައުތުވެސްޓް އެއަރލައިންސްގެ މަތިންދާ ބޯޓެއްގެ އެއް އިންޖީނު ގޮވައި، އަންހެނަކު ވަނީ މަރުވެފައެވެ.

ސައުތުވެސްޓް އެއަރލައިންސްގެ ބޮއިންގ 737 ގެ ފްލައިޓް 1380 ގެ އިންޖީނު ގޮވީ ލަގާރޑިއާ އެއަރޕޯޓުން ފުރިތަނާއެވެ. މިހާދިސާ ހިނގިއިރު، ބޯޓުގައި ތިބި ބައެއް މީހުންވަނީ ފޭސްބުކް ލައިވް-ސްޓްރީން ޖައްސާފައެވެ.

މިހާދިސާ ހިނގުމާއެކު ބޯޓް ވެއްޓިދާނެ ކަމަށް ބަލާ މަތިންދާ ބޯޓްވަނީ ކުއްލި ހާލަތުގައި ފިލަޑެންފިއާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު