އިސްރާއީލުގެ ސިފައިން ގައްޒާގެ ގެތަކަށް ވަދެ އާންމުނާއި ކުޑަ ކުދިންނަށް އަނިޔާ ދެމުންދާ ދަނޑިވަޅެއްގައި ގެވެށި އަނިޔާ އާއި ދެކޮޅަށް އިސްރާއީލް ގައި ދިރިއުޅޭ އަންހެނުން އެމީހުންނަށް ލިބެމުން ދާ ގެވެށި އަނިޔާއާއި ދެކޮޅަށް މުޒާހަރާކުރަން ފަށައިފިއެވެ.

އިސްރާއީލުގައި ކުރިއަށްދާ މުޒާހަރާތަކުގައި އެތަށް ހާސް އަންހެނުން ބައިވެރިވަމުން ދާއިރު މި އަހަރު އެކަނިވެސް އިސްރާއީލުގައި ގެވެށި އަނިޔާގައި 24 އަންހެނަކު ވަނީ މަރުވެފައެވެ.

މުޒާހަރާގައި ނުސީދާކޮށް ބައިވެރިވުމަށް ގިނަ އަދަދެއްގެ އަންހެނުން ވަނީ ވާޒީފާއަށް ނުނިކުމެ ހަލުތާލު ކޮށްފައެވެ.

އިސްރާއީލުގައި ކުޑަކުދިންނާއި އަންހެނުނަށް ކުރާ ވަރަށް ބޮޑަށް އާންމުވެފައި ވާކަމަށް، އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމާއަތަކުން ވަނީ ބުނެފައެވެ.

އިސްރާއީލުގެ އެތެރޭގެ ހާލަތު މިހެން އޮތް އިރު އިސްރާއީލުން އަޅުވެތިކޮއްފައިވާ ފަލަސްތީނުގެ ހާލަތު އޮތީ މިއަށްވުރެން ދަށު ދަރަޖައިގައި އެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އިސްރާއީލުގެ އަސްކަރީ ސިފައިން ދަނީ ފަލަސްތީނުގެ އާންމުން މަރައި އަނިޔާކުރަމުންނެވެ.

އިސްރާއީލުގެ އުދުވާނީ ސިފައިން ފަލަސްތީނު ކުޑަކުދިން ޝަހީދުކޮށް ބޮޑެތި އަނިޔާތައް ދޭއިރު، އދއިން ވަނީ، ކުޑަކުދިންނާމެދު އިހާނެތިކޮށް ހިތާ ގައުމުތަކުގެ ލިސްޓްގައި އިސްރާއީލު ހިމަނަން ފަސްޖެހިފައެވެ.

1967 ވަނަ އަހަރު ކުރެވުނު ހަދުވަހުގެ ހަނގުރާމައަށްފަހު އިސްރާއީލުން އުރުދުން އަތުން ހުޅަނގު އައްސޭރި ހިފިފަހުން މިހާތަނަށް، ފަލަސްތީނުގެ 95000 ކުޑަކުދިން ހައްޔަރު ކޮށް ވަނީ އަނިޔާ ކޮއްފައެވެ.

އަދި މި އަހަރުގެ މިހާތަނަށް، ފަލަސްތީނުގެ ކުށެއް ނެތް 900 އެއްހާ ކުދިން ހައްޔަރުކޮށްފައިވާކަމަށް އަމިއްލަ ޖަމިއްޔާ އަކުން ހާމަކޮށްފަވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަ

    ކަލޭމެން ކޮން ގެވެށި އަނިޔާއެކޭތަ ތިކިޔަނީ؟؟ ފުރުތަމަ މުސްލިމުންގެ ބިމުން ފައިބާ!!

    • Ach

      ބަލަ އެތާ އަންހެންވެރިންނެއް ނޫނޭއަރައިގެން އަނިޔާއެކުރަނީ.

      • މިހިރަ މޮޔަމީހާ

        ތިބުނީ ފަލަސްތީން ބިމަށް ޓެރަރިސްޓް ޒަޔަނިސްޓުން އަރާ އަނިޔާ ކުރުމަކީ މައްސަލައެއްނޫނޭތަ؟

      • މަ2

        ބަލަގަ ތިއަންހެނުން ގެތަކުގަ ގެވެށިއަނިޔާ ނުލުިބިތިއްބަސް އެގެތަކުގަ އުޅޭހާދުހުކު ފަލަސްތީން މީހުންނަށް ދެވޭއަނިޔާގެ ވާހަކަ މިބުނަނީ. އެމީހުން ތަނަކަށް އަރާވާހަކައެއްނޫން މިދެކެވެނީއެއް. މުސްލިމުންގެ ބިމުން ފައިބާ...... ނުފައިބާ ގެވެށި އަނިޔާއޭނުކިޔާ. އެއީ މިބުނާ ވާހަކަޔަކީ... ސާފުވެއްޖެތޯ "އަޗް" އަށް