ޖިންސީ ފުރައްސާރަ ކުރުމާއި ޖިންސީ އަނިޔާ ކުރުން ހައްދުފަހަނައަޅައި ގޮސްފައިވާ އިންޑިއާގައި އެންމެ ތިން އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކޮށްލައިފިއެވެ. މިޖަރީމާ ހިންގީ އިންޑިއާގެ ނިއުދިއްލީގައި 40 އަހަރުގެ ފިރިހެނެކެވެ.

ސެކިއުރިޓީ ގާޑެއްގެ ވަޒީފާ އަދާކުރާ އޭނާ އަންހެން ކުއްޖާ ރޭޕް ކޮށްފައި ވަނީ އޭނާ ސެކިއުރިޓީ ބަލަހައްޓާ ބިލްޑިންގްގައެވެ. އެއީ ކުޑަ ކުއްޖާ ދިރިއުޅެމުން އައި ބިލްޑިންގެވެ. މިހާދިސާ ހިނގީ އިއްޔެގެ ވަގުތެއްގައެވެ.

ފުލުހުން މިހާރު ވަނީ ކުއްޖާ ރޭޕް ކުރި މީހާ ހައްޔަރު ކޮށްފައެވެ.

ފުލުހުން ބުނާ ގޮތުގައި އަންހެން ކުއްޖާ ރޭޕް ކޮށްފައި ވަނީ ކުއްޖާގެ މައިންބަފައިން ވަޒީފާއަށް ދިޔަ ވަގުތު އެވެ. ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުންނެވެ. ކުއްޖާ އަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދާއިރު ކުއްޖާގެ ހާލު ވަރަށް ސީރިއަސް ކަމަށް ފުލުހުން ބުނެއެވެ.

އުމުރުން އެންމެ ތިން އަހަރުގެ ކުއްޖަކު ރޭޕް ކޮށްފައި މިވަނީ އިންޑިއާގެ ރޭޕްގެ ހާދިސާތަކަށް ސަމާލުކަން ލިބުނު "ދިއްލީ ބަސް ރޭޕް" ގެ ހާދިސާ އަށް ހައަހަރު ފުރެން ކައިރި ވެފައި ވަނިކޮށެވެ.

މީގެ ހައަހަރު ކުރިން ދިއްލީގެ ބަހެއްގެ ތެރޭގައި ޒުވާން އަންހެނަކު ވަރަށް އަނިޔާވެރިކޮށް ރޭޕް ކުރުމުން އެޒުވާނާ މަރުވިއެވެ. އެހާދިސާއަށް ފަހު އިންޑިއާގައި ރޭޕްގެ ކުށުގެ އަދަބު ބޮޑު ކުރި ނަމަވެސް ރޭޕް ކުރުމަށް އެއްވެސް ހައްލެއް އައި ކަމަކަށް ފާހަގައެއް ނުވެއެވެ.

ކޮންމެ އަހަރަކު އިންޑިއާގައި ދިހަ ހާހަށް ވުރެ ގިނަ ކުޑަކުދިން ރޭޕް ކުރެއެވެ. ރޭޕް ކުރާ ބޮޑެތި މީހުންގެ އަދަދު ލައްކަ އިން ގުނާލެވޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ފާފަޅޯ

    މިފަހަރު ރައީސް މީހާ އާއި އެމީހާ އަންހެނުން ރޭޕް ނުކޮށްފިއްޔާ ރަގަޅު. ދުވަސްކޮޅަކުން ގެރިމޯދީ އައިސް ރާއްޖެ ރޭޕް ކޮށްލާނެ.

    • މަހުދީ

      ދޮގެއްވާ ނޫން!

  2. Anonymous

    ޙަޖަމްކޮއްބަލަ އަބަދު މޯދީނުވެ

  3. ފޯއްބެ

    ހޯރަ އިއްބެއަށް ވެދުން ސަލާމް!!!

  4. ބިކަ

    ޢަނެއްކާ *ނބޫމެން ދެމަފިރިންނަށް ސަލާމަތުންއާދެވޭތޯ ބަލާތި

  5. ާާާދާއިރާ

    ޢެވަރުން ނުވެއްގެން އަދި ވަލު ޖަނަވާރު ވެސް ދޫ ނުކުރަނީޔޭ... ކާފަރު ކަމުން ގޮސް ހައްދުން ނައްޓާފަ އެއްތިބެއްނީ....

  6. ނަރެންދުރަ

    ރޭޕްކުރުމަކީ އިންޑިޔާގެ ގައުމީ ކުޅިވަރު.