މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ގެއްލުނީ 2014 ވަނަ އަހަރުގެ މާޗް 08 ވަނަ ދުވަހު ކުއަލަ ލަމްޕޫރުން ފުރައިގެން ބެއިޖިން އަށް ދަތުރު ކުރަމުން ދަނިކޮށެވެ. ފްލައިޓް ގެއްލުނު އިރު ފްލައިޓްގައި 239 މީހުން ތިއްބެވެ. ފްލައިޓް ހޯދަން މިހާތަނަށް ކުރި މަސައްކަތުން އެއްވެސް ކާމިޔާބެއް ލިބިފައެއް ނުވެއެވެ. ފްލައިޓަށް ވީގޮތަކާއި ބެހޭގޮތުން އެތައް ބަޔަކު ތަފާތު ވާހަކަތައް ދައްކަމުން އަންނަ އިރު ޑާލެން ޓިޕްޓޮން ނަމަކަށް ކިޔާ އަންހެނަކު ވެސް މިވަނީ މީގެ ކުރިން އަދި އެއްވެސް މީހަކު ދައްކާފައި ނުވާ ވާހަކަ ފެންމަތިކޮށްފައެވެ.

ޑާލެން އަކީ ކޮންސްޕިރަސީ ތިއަރިސްޓެކެވެ. އޭނާ ބުނާ ގޮތުގައި އެމްއެޗް 370 "ހައިޖެކް ކޮށްގެން" އެފްލައިޓް އެމީހުންގެ ބާރުގެ ދަށަށް ގެންދިއުމުގެ ފަހަތުގައި ތިބީ ޗައިނާގެ ޖަމާޢާތެއްގެ ބައެކެވެ. މިގްރޫޕުން އެކަން ކުރީ "ރޫހާނީ ބާރެއް" ލިބިފައި ހުރި މީހަކު މެދުވެރިކޮށް ކަމަށް އޭނާ ބުނެއެވެ. ބޭނުމަކީ ފްލައިޓްގައި ތިބި މީހުންގެ ގުނަވަންތައް ނެގުން ކަމަށް އޭނާ ތުހުމަތު ކުރެއެވެ.

ގެއްލުނު އެމްއެޗް 370 ގައި ޗައިނާގެ 153 މީހުން ތިއްބެވެ. ފްލައިޓް ހޯދަން ޗައިނާ ސަރުކާރުން އެކަނި ވެސް 14.5 މިލިއަން ޕައުންޑް ޚަރަދު ކޮށްފައި ވެއެވެ.

ޑާލެން ބުނާ ގޮތުގައި އެމްއެޗް 370 އަށް ވީގޮތެއް އޭނާއަށް އެނގުނީ އޭނާ އަށް ލިބުނު ހާޑްޑިސްކެއްގެ ސަބަބުންނެވެ. އެއިން ލިބުނު މައުލޫމާތައް ބިނާކޮށް ފިލްމެއް ހަދަން ނިންމާފައިވާ ކަމަށް ޑާލެން ބުނެއެވެ. 21 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން އުފައްދާ ފިލްމުން ލިބޭ ފައިސާ ގެއްލުނު ފްލައިޓުން ދަތުރު ކުރި މީހުންގެ އާއިލާތަކަށް ޚަރަދު ކުރަން އޭނާ ވަނީ ނިންމާފައެވެ.

"އަހަރެން ފިލްމެއް ހަދަން ނިންމުމުގައި އޮތީ މުހިންމު އެންމެ ސަބަބެއް. އެއީ ޗައިނާގެ ޖަމިއްޔާ އަކުން މިކުރި ކަންތައް އާންމު ކުރެވެން އޮތް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ވާތީ." އޭނާ ބުންޏެވެ.

ޑާލެން ވަނީ ފޮކްސް ކޭބަލް ނެޓްވޯކްގައި 24 އަހަރު ދުވަހު މަސައްކަތް ކޮށްފައެވެ.

ޑާލެންގެ ވާހަކަތައް ވައިގެ ދަތުރުފަތުރާއި ބެހޭ ތަޖުރިބާކާރުން ދޮގު ކުރެއެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި އެތައް ބައެއްގެ މަސައްކަތުން ވީނުވީއެއް ނޭނގުނު ފްލައިޓަށް ވީގޮތެއް ކޮންސްޕިރަސީ ތިއަރިސްޓަކަށް އެނގޭނެ ގޮތެއް ނޯންނާނެއެވެ. އެފަދަ މައުލޫމާތެއް ހޯދުމުގެ ގާބިލްކަމެއް ވެސް އޭނާގެ ކިބަޔަކު ނުހުންނާނެއެވެ.

އެމްއެޗް 370 ގެއްލުނު ދުވަހުން ފެށިގެން އެހާދިސާ އާއި ގުޅިގެން އެތައް ބަޔަކު ތަފާތު ވާހަކަތައް ދައްކަމުން ދާއިރު އަދި އެއްވެސް މީހަކަށް އެންމެ އެކަށީގެންވާ ހެކިތަކާއި އެކު ފްލައިޓަށް ވީގޮތެއް ކިޔައި ދެވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބުރާންތި

    މަހެއް ފަހާލާ ވަރުގެ މަހެއް ހުރެދާނެ.. އެހެންވީމާ ފަޤީރު މީހާ ބުނާ ވާހަކައިގަވެސް އޮއްޓަރެއް ހުރެދާނެ.. ބުނާ ބަހަށް ވިސްނާށޭ ބަސްބުނި މީހާއަށް ނުވިސްނާށޭ.. ތެދެއް.

  2. ދާލީ

    ހެހެހެހެ މިއޮތީވާކަމެއް ޑާލެންވެސް މީހުންގެ ސަމާލުކަން ހޯދުމަށާ އަދި ބޮޑަށް މަޝްހޫރު ވާވެސް މިކުރަނީ ބުއްދި ގަބޫލުނުކުރެވޭފަދަ ކަމެއްދޯ އަދި މިހާރު މިކަމުގަ އެބަދޭހަވޭ އޭނާއަށް ހީވާ ގޮތެއްގެ މަށްޗަށް ބިނާކޮށް ފިލުމެއް ހަދައި އެފިލުމު ބޮޑުއަގުގައި ވިއްކާލުމަށްޓަކާ މީހުންގެ ސިކުނޑިތަކާ ކުޅެލާ ކުޅެމެކޭވެސް އެބަހީވޭ

  3. ރަދުން

    ކޮންހާ ވާހަކައެއް ދައްކާކަށް ... ތި ވީތަން ކުޑަހުވަދޫ މީހުން ބުނެފި މިހާރު ކިތަމެ ފަހަރަކުވެސް.. ކަލޭމެން އަޑުނޭހީ.. ތިޔައެތި ވެއްޓިފަ ވަނީ ކުރަލީ ކުޑުތެރެއަށް.... މިލިޔަނުން ޑޮލަރު ހަރަދުނުކުރިޔަކަސް ތި ވީތަން މަވެސް ހޯދަދީފާނަން.. އެކަމު އެ ހޯދީމަ މަށައް ދޭންވާނެ މާވަހަރު ފައިންޑަރެއް...

  4. Anonymous
  5. ނުރަބޯ

    އޭތި ފޮރުވައިގެން އެއުޅެނީ އެމެރިކާ އިން ފޯޅަވަހީގައި. ހަމަ މުޖައްރިބު.

    4
    1