ރޭޕް ކުރުމުގައި ޖިންސީ ފުރައްސާރަ ކުރުން ހައްދުފަހަނައަޅާފައިވާ އިންޑިއާގައި އިނގިރޭސިވިލާތުގެ އަންހެނަކު ރޭޕް ކޮށްފިއެވެ. އިނގިރޭސިވިލާތުގެ އަންހެން މީހާ ރޭޕް ކޮށްފައި ވަނީ އިންޑިއާގެ ގޯވާގައެވެ.

އުމުރުން 49 އަހަރުގެ އެ އަންހެން މީހާ ރޭޕްކޮށްފައިވަނީ އޭނާ ގޯވާގައި ދިރިއުޅޭ ހޮޓަލަށް ދިޔަ މަގުމަތީގައެވެ. އިންޑިއާގައި ހުންނަ ހުންނަ އިނގިރޭސިވިލާތުގެ ހައި ކޮމިޝަނުން ދަނީ އަންހެން މީހާއަށް އެހީތެރިވުމުގެ ގޮތުން ކުރެވެން ހުރި ހުރިހާ ކަމައް ކުރަމުން ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

މިހާރު އެ އަންހެން މީހާގެ ޑީއެންއޭ ޓެސްޓްތައް ހަދާފައިވާއިރު، މި ރޭޕްގެ ތުހުމަތުގައި 31 އަހަރުގެ އިންޑިއާ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަން ގޯވާގެ ފުލުހުން ވަނީ ކަށަވަރުކޮށް ދީފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފިރިހެން މީހާ މި އަންހެން މީހާ ރޭޕްކުރީ ގޯވާގެ މަޝްހޫރު ޕަލޯލެމް ބީޗް ކައިރީގައި ހުރި ދަނޑެއްގެ ތެރެއަށް ގެންދިޔުމަށް ފަހުއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ރޭޕްގެ ތުހުމަތުގައި ހައްޔަރު ކުރި އިންޑިއާ މީހާގެ މައްޗަށް ވައްކަމުގެ ތުހުމަތު ވެސް ވަނީ ކޮށްފައެވެ.

ފަތުރުވެރިންގެ ތެރޭގައި މަގުބޫލު ގޯވާއަށް މިދިޔަ އަހަރު އެކަނިވެސް އެތަށް ލައްކަ މީހުން ޒިޔާރަތް ކޮށްފައިވާ ކަމަށް އިންޑިއާގެ ޓޫރިޒަމް މިނިސްޓްރީއިން ވަނީ ބުނެފައެވެ. މި ފަހުން ރޭޕްގެ މައްސަލަތަކެއް ހިނގާފައިވާތީވެ ގޯވާގެ ރީތި ނަމަށް ވަނީ ބުރޫ އަރާފައެވެ.

އިންޑިއާގައި ދުވާލަކު 100 ރޭޕް މައްސަލަ ރިޕޯޓް ކުރެއެވެ. އަދި ފާއިތުވި ހައެއްކަ އަހަރު ތެރޭގައި އިންޑިއާގައި ޖިންސީ ގޯނާ ކުރާ މައްސަލަތައް ރިޕޯޓް ކުރާ މިންވަރު އެތައް ގުނައެއް އިތުރުވުމުން ޤާނޫނުތައް ހަރުކަށިކޮށް ރޭޕް ކުރާ މީހުންގެ އަދަބު ބޮޑުކުރި ނަމަވެސް މައްސަލައަށް އެއްވެސް ހައްލެއް ނާންނަކަމަށް ދިރާސާތަކުން ދައްކައެވެ. ސަބަބަކީ އަދަބު ދެވެނީ ކުށް ކުރާ މީހުންގެ ތެރެއިން ވަރަށް މަދު އަދަދެއްގެ މީހުންނަށް ކަމަށް ވާތީ ކަމުގައި ވެސް އިންޑިއާގެ ހާލަތު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޞުއްޅަބޭ

    ޑެން ތިކަން ފެށޭނީ ރާއްޖޭގައި!

  2. ރޭޕިސްތާން

    ރޭޕްކުރުން ހައްދުފަހަނަ އަޅާފައިވާ އިންޑިއާ ފުރަތަމަ މަސައްކަތް ކުރަންވީ ރޭޕުގެ މައްސަލަ ހައްލުކުރަން! އެހެން ޤައުމުތަކުގެ ދާޙިލީ ކަންކަމަށް އަތްބާނާކަތް ނޫން!

  3. ހަޤީގަތް

    ރާއްޖޭގެ މީހުން އިންދިޔާއަށް ދިޔުން ހުއްޓަންވެއްޖެ ނޫންނަމަ ރޭޕްގެ ޝިކާރަޔަކަށް ވެދާނެ.ލަންކާޔަށް ބަދަލު ކުރަންވީ

  4. India

    2019 ވަނައަހަރު މަޖިލީސް މެޖޯރިޓީ އެމްޑީޕީ ހޯދަން މަސައްކަތް ކުރަނީ ދިވެހިރާއްޖޭގެ 3 ސަރަހައްދެއްގަ އިންޑިއާގެ މީހުން ދިރިއުޅޭނެ ތާވަލެއް ހަދާ ޕާޓީގެ ލެވެލުންވަނީ ނިންމާފަ މަޖިލިސް މެޖޯރިޓީ ލިބުނީމަ ސަރުކާރުން ނިންމަންވާ ނިންމުންތައްނިންމާނެ