އިސްލާމް ދީނުގެ އުސޫލުތަކާއި އަސްލުތަކަށް އެންމެ ފުރިހަމައަށް އިޙުތިރާމުކޮށް، އެކަންކަމަށް އެންމެ ރަނގަޅަށް ބޯލަނބަމުން އައި ސައުދީ އަރަބިޔާގައި އަންހެނުންނާއި ފިރިހެނުން މަސްހުނިވެގެން މިއުޒިކް ޝޯވ ބާއްވާ، ޑީޖޭ ޖައްސައިފިއެވެ.

މީސް މީޑިޔާގައި އާއްމުވެފައިވާ ވީޑިޔޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި ގިނަ އަދަދެއްގެ އަންހެނުންނާއި ފިރިހެނުންވަނީ ހާމަ ތަނަކަށް އެއްވެ މިއުޒިކާއި ޑީޖޭއާއެކު މަސްހުނިވެގެން ވަނީ ނަށާފައެވެ.

މިކަމާ ގުޅިގެން ޣައިރު މުސްލިމުން ވަނީ މީސް މީޑިޔާގަޔާއި އެހެން ވަސީލަތްތަކުގައި ވަރަށް ބޮޑަށް އުފާ ފާޅުކޮށްފައެވެ. އަދި މިއީ ވަލީއަޙުދު މުޙައްމަދު ބިން ސަލަމާން ހޯދައިދީފައިވާ "މިނިވަންކަން" ކަމަށާއި މިއީ ސައުދީ ވެސް ބަދަލުވަމުން އަންނަކަމުގެ ނިޝާނެއްކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.

މި މިއުޒިކް ޝޯވ ބާއްވާފައިވަނީ ކޮން ދުވަހެއްގައިކަން ސާފުވެފައި ނުވެއެވެ. އެހެންނަމަވެސް، މިއީ ނިމިދިޔަ ހަފްތާގެ ތެރޭގައި ކޮށްފައިވާ ކަމެއްކަމަށް ބައެއް ނޫސްތަކުން ބުނެފައިވެއެވެ.

ވަލީއަޙުދުކަމާ މުޙައްމަދު ބިން ސަލްމާން ހަވާލުވުމަށްފަހު ފެށި ސައުދީ 2030 ގެ އަމާޒުތަކުގެ ތެރޭގައި ކުރިން އެޤައުމުގައި ހިފެހެއްޓިފައިވާ ވަރަށް ގިނަ ކަންކަމަށް ދޫ ދިނުން ހިމެނެއެވެ. އެގޮތުން އަންހެނުންނަށް އެއްގަމު އުޅަނދު ދިނުމުގެ ލައިސަންސް ދިނުމާއި، ސިނަމާތައް ހުޅުވުން ހިމެނެއެވެ. ހަމައެހެންމެ، ރެސްލިންގ މެޗުތައް ކުރިއަށް ގެންދިއުމުގެ ހުއްދަވެސް ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސަރުބަސް

    ސައުދީ ރަސްގެފާނު ކުރިޔަސް ހަރާމް ކަމެއް ހުއްދަ ނުވަތަ ހަލާލު ނުވާނެ. އެ މާތް ބިމުގަ ފަހުގެ ނަބިއްޔާގެ ޒަމާނުގަވެސް ނާޗަރަންގީ ކުޅެ ހަރަންފުޅުގައި ބުދުވެސް އެކާފިރުން ބެހެއްޓި. މުސްލިމުންނަށް ބާރު ލިބުމުން އެބިން ޚުރާފާތްތަކުން ސާފުކުރެވުނު. އިސްލާމީ ވެރިކަމެއް ދުނިޔެ ދެކޭނެ ދުވަސް ވަރަށް ގާތްވެޖެ.

  2. އަނިޔާ

    ހިތާމަކުރަން އިސްލާމްދީން ފަހައްޓަން ޖެހޭ މުޤައްދިސްތަންތަނުން މިފަދަ ނަންޒަރުތައްފެންނާތި

  3. އަބޯ

    ދެންތި ހުރިހާކަމެއްވެސް ވާނެ ފަހުޒަމާނުގެ އަލާމަތް ފެށިގެން ތި ދަނީ

  4. ރާވެރިބެ

    ގިޔާމަތް ކާރިވާކަމުގެ އަލާމަތްތައް މިހިރަ ފެންނަނީ އަތުފަތު ނުޖެހި ...

  5. ނުރަބޯ

    ސުބްޙާނަﷲ.

  6. ޒަމާން

    ފަހު ޒަމާނުގެ އަލާމާތްތައް. މި ރާއްޖެ އިން

    ވެސް ބޮޑެތި އަލާމާތްތައް ފައުޅުވެއްޖެ.

    މަޤާމުތަކަށް އެކަށީގެން ނުވާ މީހުންނަށް އެހެރަ

    ބޮޑެތި މަޤާމުތައް ދެނީ. ހަދީސުން ވަރަށް

    ރީއްޗަށް ސާބިތުވާ ކަންތައް މީ

  7. ބޮނަކު

    ތިރަށަށް ވެސް ދެން ބޮޑު ރާޅު އަރާފާނެ. އަދި ތިމީހުން ޖީންސް ވެސްލާނެ. ބަލަންތިބޭތި. މިހާރުވެސް ދަތުރު ކުރަނީ ޖަމަލުތަކުގެ ބަދަލުގައި ކާރުތަކުގައި