އަވަށްޓެރި އިންޑިޔާގައި ވެރިކަން ކުރަމުން އަންނަ ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް އޮޅިގެން، އިދިކޮޅު ޕާޓީ ޕްރޮމޯޓް ކުރެވިއްޖެއެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ބީޖޭޕީ އަށް އޮޅިގެން ޕްރޮމޯޓް ކުރެވިފައިވަނީ މޯދީގެ ކުރިން އެޤައުމުގެ ބޮޑުވަޒީރުކަން ކުރެއްވި މަންމޯހަން ސިންގުގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެއްގެ ޓްރެއިލާ އެކެވެ. މި ފޮތުގެ ނަމަކީ "އެކްސިޑެންޓަލް ޕްރައިމް މިނިސްޓަރ" އެވެ.

އެޤައުމުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ބީޖޭޕީ އިން މި ފިލްމުގެ ޓްރެއިލަރ އެއް ވަނީ ޓްވިޓަރ ގައި އާއްމުކޮށްފައެވެ. އަދި ފޮތަށް ތައުރީފުކުރާ ފަދަ އިބާރާތަކުން މި ޓްވީޓުގައި ލިޔެފައިވެސްވެއެވެ.

މިކަމާ ގުޅިގެން އެޤައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މީސް މީޑިޔާގެ އެކި ވަސީލަތްތަކުގައި ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އޮޅިގެން މި ޓްވީޓް ކުރެވިފައިވާކަމަށް ބެލެވުނުކަމުގައިވިޔަސް، ބީޖޭޕީގެ ރަސްމީ ޓްވިޓަރ އެކައުންޓުން އަދިވެސް މި ޓްވީޓް ނަގާފައި ނުވެއެވެ.

މި ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެން ދަނީ އަކްޝޭ ޚަންނާ އާއި ސަންޖަޔާ ބާރޫ އެވެ. މި ފިލްމު އުފައްދާފައިވަނީ، މަންމޯހަން ސިންގުގެ މީޑިޔާ އެޑްވައިޒަރުކަން ކުރި ފަރާތުން ލިޔުނު ބަޔޮގްރަފީއަކަށް ބަލައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތިމަރަ

    ނަންވާނީ ތިމަރަފުށީ މުސްތޮފާ.