ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީގެ ކޮންސިއުލޭޓުގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯޤީ އެންމެ ފަހުން ބުނެފައިވާ ބަސް އިވޭ ޓްރާންސްކްރިޕްޓް އެއް އާއްމުވެއްޖެއެވެ.

މި ޓްރާންސްކްރިޕްޓް އާއްމުކޮށްފައިވަނީ އެމެރިކާގެ ބައެއް މީޑިޔާތަކުންނެވެ. އެހެންނަމަވެސް، އެފަރާތްތަކަށް މި އޯޑިޔޯ ލިބިފައިވަނީ ކިހިނެއްކަން އާއްމުކޮށްފައި ނުވެއެވެ.

މި އޯޑިޔޯ އާއްމުކޮށްފައިވާ އެމެރިކާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި އެންމެ ފަހުން ޚަޝޯޤީ ބުނާ އަޑު އިވެނީ "އަހަރެންނަށް ނޭވާ ނުލެވޭ" މިހެންނެވެ.

އެހެންނަމަވެސް، މިކަމުންވެސް އޭނާ މަރާލާފައިވަނީ ކިހިނެއްކަން ހާމަ ނުވާކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ. އެގޮތުން، އޭނާ މަރާލުމުގެ ކުރިން ވިހައެއް ދިންކަން، ނުވަތަ އޭނާ މަރާލުމުގެ ކުރިން ނޭވާ ހާސްކޮށްލިކަން މިކަމުން ހާމަނުވާކަމަށްވެސް ބުނެފައިވެއެވެ.

ޚަޝޯޤީގެ މަރުގެ މައްސަލައާ ގުޅިގެން ސައުދީ ސަރުކާރަށްވެސް ގުޑުން އަރާފައިވެއެވެ. މިކަމުގެ ސަބަބުން އެޤައުމާ އެހެން ޤައުމުތަކާ ދެމެދު އޮންނަ ގުޅުންތައް ކޮންމެވެސް ވަރަކަށް ގޯސްވެފައިވެއެވެ.

ހަމައެހެންމެ، ގުޅުން ރަނގަޅުކުރަން، ޓްރަމްޕް މި މައްސަލަ ތަހުގީގަށް ހުރަސް އަޅާކަމުގެ އަޑުތަކެއްވެސް ފެތުރުނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޔާޑޭ

    އެންމެ ފަހު ވަގުތުވެސް ފަރިތަ ދިވެހިން
    އެއްޗެއް ބުނީމަ ވަރަށް ކަމުދޭ.