ސްރީލަންކަން ރުޕީސްގެ އަގު ރެކޯޑު އަދަދަކަށް ދަށަށް ގޮސްފިއެވެ.
އެގައުމުގެ މައި ބޭންކް، ސެންޓްރަލް ބޭންކް އޮފް ސްރީލަންކާއިން ހާމަކޮށްފައިވާ ގޮތުގައި މިއަދު ޑޮލަރު ވިއްކަމުން ދަނީ 184.07 ލަންކަން ރުޕީސްއަށެވެ. އަދި މާރުކުރަމުން ދަނީ 180.10 ސްރީލަންކަން ރުޕީސްއަށެވެ.
ދާދިފަހުން ލަންކާގެ ސިޔާސީ މަޝްރަހަށް އައި ބޮޑު ހަލަބޮލި ކަމާއެކު އެގައުމުގެ އިގްތިސާދަށް ދަނީ ބޮޑު އަސަރެއް ކުރަމުންނެވެ. އިގްތިސާދީ ބަދަލުތަކާއެކު އެގައުމުގެ ފައިސާ ރޭޓް ދަށްވަމުންދިޔަ އިރު، މިދިޔަ ހަފްތާގައިވެސް އެގައުމުގެ ފައިސާ ރޭޓް ހުރީ ދަށް އަދެއްގައެވެ.
އެގޮތުން އޭރު ސްރީލަންކާގެ ސެންޓްރަލް ބޭނުކުން ހާމަ ކޮށްފައިވާ ގޮތުގައި ޑޮލަރު ވިއްކަމުން ދިޔައީ 180.6606 ލަންކަން ރުޕީސްއަށެވެ. އަދި މާރުކުރަމުން ދިޔައީ 176.7204 ސްރީލަންކަން ރުޕީސް އަށެވެ.
ސްރީލަންކާގެ ސިޔާސީ މަސްރަހު ހޫނުވީ ބޮޑުވަޒީރު ކަމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ ދުރުކޮށް، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ، ރައީސް ސިރިސޭނާ އެ މަގާމަށް އައްޔަން ކުރެއްވި ހިސާބުންނެވެ. އެހެން ނަމަވެސ،ް ގައުމީ މަސްލަހަތަށްޓަކައި ރާޖަޕަކްސާ ވަނީ މަގާމުން އިސްތިއުފާ ދީފައެވެ. އަދި މިހާރު ބޮޑު ވަޒީރު ކަމުގައި ހުރީ ރަނިލްއެވެ.
ޗައިނާގެ އެހީގަ ޤައުމް ކުރި އަރަމުން ދަނިކޮށް އިންޑިއާގެ މަކަރުގަ ޖެހި ގައުމް ހަލާކު ކޮށްލީ . މި ރާއްޖެއަށް ވެސް ވާނީ ހަމަ ތިހެން
ޗައިނާގެ އެހީގަ ޤައުމު ކުރި އަރަމުން ދަނިކޮށް އިންޑިއާގެ މަކަރުގަ ޖެހި ވެރިކަން ބަދަލުކޮށް ސިރިސޭނާ ވެރިކަމަށް ލުމަށްފަހު ޗައިނާގެ އިންވެސްޓްމަންޓަތަށް ރިވިއުކުރުމަށްފަހު ދަތިކުރުމަށްފަހު އިންޑިއާއިން ބޭނުންވި ގޮތަށް އެއަރޕޯރޓެއް ލިބި ޤައުމު އިންޑިއާއިން ބޭނުންވާގޮތަށް އިދަޖެހިގެން އަބަދު އިންޑިއާ ފޫބުޑުން އުޅެން މަޖުބޫރުވެފައި މިހާރު އެއޮތީ. ރާއްޖޭގެ ވަރިކަމަށްވެސް ވެގެން މިދިޔައީ ހަމަ ލަންކާއާއި ދާދި އެއްގޮތަކަށް ވެރިކަން ބަދަލުވެއްޖެ އިންޑިއާއިން ރާއްޖެ ބެލެހެއްޓުމަށް ރާޑަސިސްޓަމް ބަހައްޓަން އެއްބަސްވެއްޖެ ރާއްޖޭގެ ތިން ސަރަހައްދެއްގައި އިންޑިއާ ސިފައިން ސްޓޭޝަން ވެއްޖެ ދިވެހިންނަށް ވިސްނޭނީ ކިހާހިސާބަކުންބާ؟