އިދިކޮޅު ލީޑަރު ހައްޔަރުކޮށް، އިދިކޮޅު ޕާޓީތަކަށް ކެމްޕޭން ކުރަން ވެސް އެކަށީގެންވާ ފުރުސަތެއް ނުދީ މިއަދު ބަންގްލަދޭޝްގައި ބޭއްވި އާއްމު އިންތިޚާބުގެ ވަގުތީ ނަތީޖާތައް ބައެއް ދާއިރާތަކުން މިހާރު ލިބިފައި ވާއިރު މިހާރުގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ ޕާޓީ އިން ކުރި ހޯދާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބަންގްލަދޭޝްގެ އަމިއްލަ ޓީވީ ޗެނަލްއެއް ކަމަށްވާ "ޗެނަލް-24" އިން ބުނީ މިހާތަނަށް ނަތީޖާ ސާފުވެފައިވާ 19 ދާއިރާގެ ގޮނޑި ވެސް ކާމިޔާބު ކޮށްފައި ވަނީ ހަސީނާގެ ޕާޓީ އިން ކަށެވެ. އަދި މިހާތަނަށް އިދިކޮޅު ފަރާތްތަކަށް އެއްވެސް ގޮނޑިއެއް ލިބިފައެއް ނުވެއެވެ.

ހަސީނާ ވާދަކުރި ދާއިރާގެ ގޮނޑި އޭނާ ވަނީ އާދަޔާއި ހިލާފު ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައެވެ. ހަސީނާ އަށް 229539 ވޯޓް ލިބުނު އިރު އޭނާ އާއި ވާދަކުރި އިދިކޮޅު ކެންޑިޑޭޓަށް ލިބުނީ އެންމެ 123 ވޯޓެވެ.

ވަރުގަދަ ސަލާމަތީ ފިޔަވަޅުތައް އަޅައިގެން މިއަދު ބަންގްލަދޭޝްގައި އާއްމު އިންތިޚާބު ބޭއްވި ނަމަވެސް ވަނީ ހަމަނުޖެހުންތައް ހިނގާފައެވެ. އިންތިޚާބާއި ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި މިހާތަނަށް 17 މީހުން ވަނީ މަރުވެފައެވެ.

ބައެއް މީހުން މަރުވެފައި ވަނީ ހަމަނުޖެހުންތައް ހުއްޓުވަން ފުލުހުން ބަޑި ޖެހުމުންނެވެ. ފުލުހުން ބަޑި ޖެހުމުން ތިން މީހަކު މަރުވެފައި ވެއެވެ. އެކްޓިވިސްޓުންނާއި ފުލުހުންނާއި ދެމެދު ހިނގި ހަމަނުޖެހުންތަކުގައި އިތުރު ހަ މީހަކު މަރުވެފައި ވެއެވެ. އެހެން މީހުން މަރުވެފައި ވަނީ ވެރިކަން ކުރާ ބަންގްލަދޭޝް އަވާމީ ލީގްގެ ސަޕޯޓަރުންނާއި އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ އާއި ދެމެދު ހިނގި ހަމަނުޖެހުންތަކުގައެވެ.

ކުރިން ވެސް ލަފާކުރެވިފައިވާ ގޮތައް މިއަދު ބޭއްވި އިންތިޚާބު ކާމިޔާބުކޮށް އިތުރު ދައުރެއް ހަސީނާ ކަށަވަރު ކުރާނެއެވެ. މިއިންތިޚާބު ކާމިޔާބު ވެއްޖެނަމަ ހަސީނާ ހަތަރު ވަނަ ފަހަރަށް ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމަށް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    މީނަ ފައިބާނީ ކޮންދުހުކުނތަ ދެން

  2. އާތު

    ސަބާސް ހަސިނާ

    • ޙެެެެވަން

      ސާބަސް

  3. ޙެެެެވަން

    ސާބަސް ކަމަނާ

  4. ކަމަނާ

    އީސީ ސަރީފޫ ޫ ޫ ޫ، ކޮބާ ރާއްޖޭގަ ބެހެއްޓި ފޮށީގެ ނަތީޖާ؟

  5. ބާރީ

    މީ މި އަންނި ކުރަން އުޅޭ ޒާތުގެ ވެރިކަން. އަބަދުގެ ވެރިކަން. އިންޑިއާގެ އަޅުވެތިކަމަށް ގެންދާ ވެރިކަން

  6. ބިސްބެ

    ހަސީނާގެ ޑައިރީ ކޮބާ

  7. އަލިބެއްޔާ

    ބަންގާޅަށް ޖެހިފަ އޮތް މުސީބާތެއް.. ތި ދެ އަންހެނުންނަކީ..