އިންޑޮނޭޝިޔާގެ ޖާވާ ޕްރޮވިންސަށް ބާރުގަދަ ނަގޫ ރޯޅިއެއް އަރާ އެކަކު މަރުވެއްޖެއެވެ.

އިންޑޮނޭޝިޔާގެ ޖާވާ އަށް ބާރުގަދަ ނަގޫ ރޯޅިއެއް އަރާފައި މިވަނީ އެގައުމުގެ ސުމަޓްރާ އަށް މިހާރު ކުރަމުންދާ ބޯ ވިއްސާރާގައި އެ ޕްރޮވިންސްގެ ބިންގަނޑުގެ ކަނޑައިގެން ދިޔުމުގެ ހާދިސާ އެއްގައި މިހާތަނަށް ނުވަ މީހުން މަރުވެ އެތަށް ބަޔަކު ގެއްލިފައި ވަނިކޮށެވެ.

އިއްޔެ އެރި ބާރުގަދަ ނަގީ ރޯޅީގައި 165 ގެ އެއްކޮށް ވަނީ ސުންނާފަތި ކޮށްލާފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ނަގޫ ރޯޅީގައި 50 އަށް ވުރެން ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.

https://m.youtube.com/watch?v=qipZafixPJs

އިންޑޮނޭޝިއަށް ކޮންމެ ހުޅަނގު މޫސުމެއް ނިމޭކޮޅު ބޯކޮށް ވާރޭވެހެއެވެ. އިންޑޮނޭޝިޔާގެ ސުމަޓްރާ އަށް މިހާރު ކުރަމުންދާ ބޯ ވިއްސާރާގައި އެ ޕްރޮވިންސްގެ ބިންގަނޑުގެ ކަނޑައިގެން ދިޔުމުގެ ހާދިސާ އެއް ހިންގާފައިވާއިރު މިދިޔަ މަހު މިމަހު 21 ވަނަ ދުވަހު ގޮވި އިންޑޮނީޝިއާގެ އަނަކް ކަރަކަޓައު އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން އުފެދުނު ސުނާމީގައި މަރުވި މީހުންގެ އަދަދު ވަނީ 448 އަށް އަރާފައެވެ.

އެގައުމުގެ ޑީޒާސްޓަރ އެޖެންސީ އިން ބުނާ ގޮތުގައި ތަންތަން ހޯދައި ބަލަމުން ދާވަރަކަށް އެއަދަދު އިތުރުވެދާނެ ކަމުގެ ބިރު ބޮޑެވެ. އަދި ގިނަ އަދަދެއްގެ ރައްޔިތުން އަދިވެސް ގެއްލިގެން ހޯދަމުން ދާކަމަށް ބުނެފައިވެއެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންޑޮނޭޝިއާގެ ރެޑް ކްރޮސް އިން ދަނީ އެހީ ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އ

    ސުބުހާނަﷲ

  2. Anonymous

    ފުލުފުލުގަ ކޯފާ 🙁

  3. މަންޒަރު

    ޔާﷲ މި ހުރިހާ ކޮފާއަކުން މި ދިވެހި ރާއްޖެ ސަލާމަތް ކުރައްވާން ދޭ

    "އާމީން"