ބާރުގަދަ ތޫފާނެއް އަރާތީ ތައިލެންޑްގެ ފަތުރުވެރިންގެ މެދުގައި ބަގުބޫލު ރިސޯޓް ރަށްތަކުން މީހުން ހުސްކޮއްފިއެވެ.

ތޫފާން "ޕަބަކް" ތައިލެންޑްގެ އައްސޭރި ފަށާއި ގާތް ވަމުންދާއިރު 50000 އަށް ވުރެން ގިނަ ފަތުރުވެރިން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައެވެ.

ތައިލޭންޑްގެ މީޓިއޯރޮލޮޖިކަލް ސެންޓަރުން ބުނީ ލަފާކުރާ ގޮތުގައި މި ތޫފާނުގައި ގަޑިއަކު 104 ކިލޯމީޓަރު ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ.

ގަދަ ވަޔާއި ވާރެއާއެކު އައި ތޫފާނުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގާނެ ކަމަށް ބެލެވޭއިރު މި ތޫފާނުގައި 22 ފޫޓުގެ އުސް ރާޅު ތައިލެންޑްގެ އައްސޭރި ފަށަށް އަރާނެ ކަމަށް އެގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ އިންޒާރު ދީފައެވެ.

ތައިލޭންޑް ސަރަހައްދުގައި އުފެދުނު މި ތޫފާން އެ ގައުމުގެ ބައެއް ޖަޒީރާތަކަށް އަރައިފާނެ ކަމަށް އިއްޔެ ވަނީ ދުރާލައި އިންޒާރު ދީފައެވެ. އަދި ބާރުގަދަ މި ތޫފާނުގައި އެންމެ ބޮޑަށް ގެއްލުން ލިބޭނެ ކަމަށް ލަފާ ކުރެވޭ ސަރަހައްދުތަކުގައި އިއްޔެއިން ފެށިގެން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާން ކޮށްފައެވެ.

ތައިލޭންޑް ސަރަހައްދުގައި އުފެދުނު ތުފާނަކީ މިހާތަނަށް އެ ސަރަހައްދުގައި އުފެދުނު އެންމެ ބޮޑު ތޫފާނެވެ. ކުރިއަށް އޮތް ހަފްތާގައި މި ތޫފާން އިތުރަށް ބާރުގަދަވެ ތައިލޭންޑްގެ އައްސޭރިފަށަށް އަރާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

މިހާތަނަށް ރެކޯޑް ކުރެވިފައިވާ އެންމެ ބާރުގަދަ ތޫފާން ތައިލޭންޑް އަށް އެރީ 2015 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު