އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިންޑިޔާއަށް ޖޯކު ޖަހައިފިއެވެ. ޓްރަމްޕް އިންޑިޔާ އަށް ޖޯކު ޖަހާފައިވަނީ އެޤައުމުގެ ޚަރަދުގައި އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ޕަބްލިކް ލައިބްރަރީ އެއް އަޅަން އުޅޭތީއެވެ.

އިންޑިޔާގެ ޚަރަދުގައި އަފްޣާނިސްތާނުގައި ޕަބްލިކް ލައިބްރަރީ އެއް ހަދަން ނިންމާފައިވާއިރު، އެކަމާ ގުޅިގެން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ވަރަށް "ފޮނި" ވެފައި ވާހަކަ ދައްކާފައެވެ.

ޓްރަމްޕް ބުނެފައިވާ ގޮތުގައި އޭނާ މޯދީއާ ބައްދަލުކުރިއިރު، އަފްޣާނިސްތާނުގައި ޕަބްލިކް ލައިބްރަރީ އެއް ހަދާ ވާހަކަ ވަރަށް ގިނައިން ދެއްކި ކަމަށެވެ. މިކަމަށް ޖޯކު ޖަހާ ޓްރަމްޕް ބުނެފައިވަނީ އެއީ އަފްޣާނިސްތާނަށް އެމެރިކާ އިން ޚަރަދު ކުރި މިންވަރުގެ ވަރަށް ވަރަށް ކުޑަ މިންވަރެއްކަމަށެވެ.

މީގެއިތުރުންވެސް، ޓްރަމްޕް ބުނެފައިވަނީ ހަނގުރާމައިގެ ސަބަބުންނާއި އެފަދަ އެނޫންވެސް ކަންކަމުގެ ސަބަބުން އަފްޣާނިސްތާނު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައިކަމަށެވެ. އަދި އެކަމުގެ ސަބަބުން ޕަބްލިކް ލައިބްރަރީގެ ޚިދުމަތް ހޯދަން މީހަކު ދާނެތޯވެސް ޓްރަމްޕް ސުވާލު އުފައްދާފައިވެއެވެ.

ހަނގުރާމަވެރިންނާއި ހައްދުފަހަނަ އަޅާފައިވާ ފަރާތްތައް ނައްތާލުމުގެ ނަމުގައި އެމެރިކާ އިން ވަނީ އަފްޣާނިސްތާނުގައު ބޮޑެތި ހޭދަތަކެއް ކޮށްގެން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި، އެމެރިކާ އިން އެޤައުމުގައި ކުރި މަސައްކަތްތަކަށް ސަރަޙައްދުގައި ހުރި އިންޑިޔާ ފަދަ ޤައުމުތަކުން އެހީތެރިވެފައި ނުވާކަމަށްވެސް ބުނެފައިވެއެވެ.

އެހެންނަމަވެސް، އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިން ބޭލުމަށް ޓްރަމްޕް މިހާރުވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުހައްމަދު

    ކޮބާޓްރަންޕް ޖެއްސެވިޖޯކަކީ؟؟؟؟

  2. ޞ

    ޞ To

  3. ނުރަބޯ

    އަފްޣާނިސްތާނު ހަލާކުކޮށްލީ ހަމަ އެމެރިކާއިން ނޫންތަ؟ ޢިރާގް ހަލާކު ކޮށްލީ ހަމަ އެމެރިކާއިން ނޫންތަ؟ އެމެރިކާގެ ވެރިކަމަށް އަންނަ ކޮންމެ މީހަކު ޔަހޫދީންނަށް ކޮންމެވެސް ކަމެއް ކޮށްދޭން ޖެހެއެވެ. އެގޮތުން ޓްރަމްޕް ކޮށްދޭންޖެހޭ ކަމަކީ އުތުރު ކޮރެއާ އަށް އަރައިގަނެ އެ ގައުމު ސުންނާފަތި ކޮށްލުމެވެ. މިހާރު އެކި އެކި ގައުމުތަކުގައި ތިބި ސިފައިން އަނބުރާ ގައުމަށް ގެނެސްގެން އެވާ ތައްޔާރީ އަކީ އެއީއެވެ.