އެމެރިކާގެ ތާރީޚްގައި ވެސް ފުރަތަމަ ފަހަރަށް ކޮންގްރެސް އަށް އިންތިޚާބުވި މުސްލިމް އަންހެނަކު ބުރުގާ އަޅައިގެން ކޮންގްރެސް އަށް ވަންނަވާ، މެންބަރު ކަމުގެ ހުވާ ކުރެއްވުމާއި އެކު އެމެރިކާގެ ތާރީޚްގައި އާޞޮފްހާއެއް ލިޔެވިއްޖެއެވެ.

އުމުރުން 37 އަހަރުގެ މެންބަރު އިލްހާން އުމަރު މެންބަރު ކަމުގެ ހުވާ ކުރެއްވުމަށް ބުރުގާ އަޅައިގެން ކޮންގްރެސްގެ މެންބަރު ކަމުގެ ހުވާ ކުރެއްވިއިރު އެއްވެސް ދީނެއް ރަމްޒުވާގޮތައް ބޮލުގައި އެއްޗެއް އަޅައިގެން ކޮންގްރެސްއަށް ނުވަދެވޭނެ ކަމަށް އޮންނަ އުސޫލު އިއްޔެ ވަނީ އުވާލާފައެވެ. އެމެރިކާގެ 116 ވަނަ ކޮންގްރެސްގެ މެންބަރުން މެންބަރުކަމުގެ ހުވާ ކުރެއްވުމާއި ހަމައަށް މަނާކޮށްފައި އޮތް ދީނެއް ރަމްޒުވާގޮތައް ބޮލުގައި އެއްޗެއް އަޅައިގެން ކޮންގްރެސްއަށް ނުވަދެވޭނެ ކަމަށް އޮތް އުސޫލު އުވާލި ނަމަވެސް އަދިވެސް ތަފާތު ތޮފިތައް އަޅައިގެން ކޮންގްރެސްއަށް ވަނުމަކީ މަނާކެމެކެވެ.

އިލްހާން ކޮންގްރެސްގައި
އިލްހާން ކޮންގްރެސްގައި

ބުރުގާ އަޅައިގެން ކޮންގްރެސް އަށް ވަނުން މަނާކޮށްފައި އޮތް އޮތުމާއި ބެހޭ ގޮތުން އިލްހާން ނޮވެމްބަރ މަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބުރުގާ އެޅުމަކީ އެހެން މީހެއްގެ ނިންމުމެއް ނޫންކަމަށާއި އެއީ އޭނާ ނިންމާފައިވާ ނިންމެވުމެއް ކަމަށެވެ. އެހެންކަމުން ޤާނޫނު އަސާސީ އިން ލިބިދޭ ޙައްޤުގެ ދަށުން ވަޒީފާގެ ޒިންމާ އަދާކުރުމުގެ ފުރުސަތު އޮންނަން ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސޯމާލިއާ އިން އެމެރިކާ އަށް ހިޖުރަކުރި ރެފިއުޖީއެއް ކަމަށްވާ އިލްހާން ކޮންގްރެސްގެ މެންބަރު ކަމުގެ ހުވާ ކުރެއްވީ ކީރިތި ޤުރުއާނުގައި ހިފަހައްޓައިގެން ހުންނަވައެވެ.

މިފަހަރު އެމެރިކާގެ ކޮންގްރެސް އަށް މުސްލިމް ދެއަންހެނުން އިންތިޚާބުވިއެވެ. އެއީ އިލްހާންގެ އިތުރުން ރާޝިދާ ތުލައިބް އެވެ. ފަލަސްތީން އާއިލާއަކަށް ނިސްބަތްވާ ރާޝިދާ ބުރުގާއެއް ނާޅައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަން

    ތިހެންވެސް ވާނީ އެމެރިކާގަ. ތިވާހަކަ ދައްކަން ލަދުވެސް ގަންނަން ޖެހޭނެ

  2. Anonymous

    އެމެރިކާ އެއްކޮށް އިސްލާމްކުރަންވީ

    • ކަލޭ

      ދޮގެއް ނޫން

    • ވޮށުފިލާ

      ޖަޕާނު ސިންގަޕޯރ ވެސް އިސްލާން ކުރަންވީ. ނިކަން ބާރަށް ކުރިޔަށް ދާނެ އޭރުން

  3. މުސްލިމެއް

    ﷲއަކުބަރު! މަރުޙަބާ !

  4. ގަބޭ

    ދިވެއްސަކަށް ތި ފަދަ މަގާމެއް ލިބިޖެއްޔާ ކިހިނެއްބާވާނީ؟