ބްރެޒިލް އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނެފިއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނާ ގޮތުގައި މި ބިންހެލުން އައިސްފައި ވަނީ 6.8 މެގްނެޓިއުޑްގެ ބާރުމިނުގައެވެ. ބިންހެލުން އައީ ބްރެޒިލްގެ އާސޭގެ ބިމުގެ 586 ކިލޯމީޓަރު އަޑިއަށެވެ.

ބިންހެލުންތަކުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ. ބިންހެލުންތަކުގެ ސަބަބުން ސުނާމީގެ އިންޒާރެއް ނެރެފައެއް ނުވެއެވެ.

ބިންހެލުން އައިސްފައި ވަނީ ބްރެޒިލާއި ޕެރޫ ގުޅޭ ސަރަހައްދީ އިން ކައިރިއަސެވެ. ބިންހެލުން އައީ ބްރެޒިލްގެ ގަޑިން މެންދުރު ފަހު 02:25 ހާއިރުއެވެ. ބްރެޒިލްގެ މޫސުމާއި ބެހޭ އިދާރާ އިން ބުނީ ބިންހެލުމުގެ ބާރުގަދަ ނަމަވެސް ނުރައްކަލެއް ނެތް ކަމަށެވެ.

މިދިޔަ އޮގަސްޓް މަހު ވެސް ބްރެޒިލް ޕެރޫ އަށް 7.1 މެގްނެޓުއްގެ ބާރުގަދަ ބިންހެލުމެއް އައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖިންނި

    އަލްޙަމްދުލިﷲ