އެމެރިކާގެ ކުންފުނިއެއް ކަމަށްވާ ބޫމް ޓެކެނޮލޮޖިސް އިން އާދަޔާ ހިލާފް ސްޕީޑެއްގައި ދަތުރު ކުރާ ކޮންކޯޑެއް އުފައްދާ ދަތުރުތަށް ފެށުމަށް ތައްޔާރު ވެއްޖެއެވެ.

އަޑަށްވުރެ ބާރަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ކޮންކޯޑުގެ ދަތުރުތައް 2023 ގައި ފަށަން އެކުންފުނިން ނިންމައިފައިވާއިރު މިފަހަރުގެ ދަތުރުތަކުގައި ބޭނުން ކުރުމަށް ހަމަޖައްސައިފައިވަނީ މުޅިންއާ އެއާކްރާފްޓް ތަކެކެވެ.

މިފްލައިޓުގެ ސްޕީޑު ގަޑިއަކު 1451 މޭލު ބާރުމިނުގައި ހުންނާނެ ކަމަށް އެކުންފުނިން ބުނެއެވެ. މިއީ ކުރިން ދުއްވި ކޮންކޯޑުތަކަށްވުރެ ދަށް ސްޕީޑެކެވެ.

ކޮންކޯޑުގައި ބޭނުންކޮށްފައިވާ ސުޕަރ ސޮނިކް އިންޖީނުގެ ސަބަބުން އަޑަށްވުރެ ބާރަށް އެއަށް ދަތުރުކުރެވެއެވެ. ކޮންކޯޑުގެ އެންމެ ބާރު ސްޕީޑުގައި ދުއްވުމުގެ ހުއްދަ އޮންނަނީ ހަމައެކަނި ކަނޑު ހުރަސްކޮށްގެން ދަތުރު ކުރާއިރުއެވެ.

އެކުންފުނިން އުފައްދާ ކޮންކޯޑް ވިއްކުމަށް އެކުންފުނިން ނިންމާފައިވަނީ 200 މިލިއަން ޑޮލަރަށެވެ.

ކޮންކޯޑުގެ އޯވަޓުއާގައި ދަތުރުކުރުމުގެ އަގުވެސް ވަރަށް ބޮޑުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އަގުތައް އަދި ހާމަކޮށްފައެއް ނުވެ އެވެ. މިއީ ބޯއިން މަރުކާގެ 10-787 އަށް ވުރެން 380 މިލިއަން ޑޮލަރު ބޮޑު އަގަކަށް ވެދާނެއެވެ.

އެ ކުންފުނިން އުފައްދާ އޯވާޓުއަރގެ އަގު މިހާބޮޑު ވަނީ އޭގައި ބޭނުންކުރާ ސުޕަރ ސޮނިކް އިންޖީނުގެ ސަބަބުންނެވެ. 2003 ވަނަ އަހަރު އެކުންފުނިން ކޮންކޯޑް ދަތުރުތަށް ހުއްޓާލީ އެކްސިޑެންޓްތައް ގިނަވެ އެތައް ބައެއްގެ ފުރާނަ ދިއުމުގެ ސަބަބުންއެވެ.