އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ މަޖިލިސް މެންބަރަކު އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފިއެވެ.

ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން ބީޖޭޕީ އަށް ނިސްބަތްވާ ކަރްނާޓަކާގެ މަޖިލިސް މެންބަރު ޝޭކަރް ބުނީ އޭނާ އަމިއްލައަށް މަރުވާން އުޅުނީ އޭނާގެ ސަޕޯޓަރުންގެ މައްޗަށް ފުލުހުން ދޮގުތުހުމަތުތަކެއް ކޮށް ވޭލީގެ ކަޅު ވިޔަފާރީގެ މައްސަލައެއްގައި އެމީހުން ބައްދަން އުޅޭތީ ކަމަށެވެ.

ޝޭކަރު އިތުރަށް ބުނީ އޭނާގެ ސަޕޯޓަރުންގެ އެއްވެސް ކުށެއް ނެތް ކަމަށާއި އެމީހުންގެ މައްޗަށް ކުރަނީ ދޮގު ތުހުމަތު ތަކެއް ކަމަށެވެ. ޝޭރަކު ވަނީ ކަރްނާޓަކާގެ ހޮސްދުރުގާ ޕޮލިސް ސްޓޭޝަން ކުރިމަތީގައި ހުރެ އަމިލަ ގައިގައި އަލިފާން ރޯކޮއްލައި މަރުވާން މަސައްކަތް ކޮއްފައެވެ.

ނަމަވެސް އޭނާ އަށް އަނިޔާއެއް ލިބުމުގެ ކުރިން ފުލުހުން ވަނީ އެކަން ހުއްޓުވައި ކައިރި ހޮސްޕިޓަލަކުން އޭނާ އަށް ފަރުވާދީފައެވެ.

ފަހަކަށް އައިސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ނިސްބަތްވެވަޑައިގަންނަވާ ބީޖޭޕީގެ ސިޔާސަތުތަކުގެ ސަބަބުން އާބާދީ ބޮޑު ހިންދޫންގެ ތާއީދު އަންނަނީ އެޕާޓީއަށް އިތުރު ވަމުންނެވެ.

ދާދި ފަހުން ބޭއްވި ލޯކަލް އިންތިޚާބުތައް ބީޖޭޕީއަށް ނާކާމިޔާބުވެފައި ވީނަމަވެސް އިދިކޮޅު ކޮންގްރެސް ޕާޓީގެ ސިޔާސީ ހަރަކާތްތައް ވަރުގަދަ ނުވުމުން އަދިވެސް ކޮންގްރެސް ޕާޓީއަށް އަވަސް ފުރުސަތެއްގައި ވެރިކަން ލިބުމުގެ ފުރުސަތު ނެތް ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ބީޖޭޕީއިން 2014 ވަނަ އަހަރު އިންޑިއާގެ ވެރިކަމަށް އައުމަށް ފަހު އެގައުމުގައި ވަނީ މުސްލިމުނާއި ދެކޮޅަށް އުފެދޭ ނަފުރަތު ވަނީ ހައިރާން ކުރަނިވި ވަރަކަށް މަތިވެފައެވެ. ކަންމިހެން ހުރުމުގެ ސަބަބުން އެގައުމުގައި ވަނީ ދީނީ އަދި އެހެހެނިހެން ގޮތްގޮތުން ތަފާތު ކުރުމުގެ ރޫހެއް އުފެދިފައިއެވެ.

ކިޔުންތެރިންގެ ހިޔާލު