އޮސްޓްރޭލިޔާ ކައިރީގައި އޮންނަ ޖަޒީރާ ގައުމެއް ކަމަށްވާ ޕަޕުއާ ނިއު ގިނީގެ އަލިފާން ފަރުބަދައެއް ގޮވައިފިއެވެ.

ޕަޕުއާ ނިއު ގިނީގެ މަނަމް އައިލެންޑްގެ އެންމެ އެކްޓިވް އަލިފާން ފަރުބަދަ ގޮވާފައި މިވަނީ ދުނިޔޭގެ ގިނަ އަލިފާން ފަރުބަދަތަށް ގޮވަމުންދާ ދަޑިވަޅެއްގައެވެ. އަދި މީގެ އިރުތުން މިދިޔަ އަހަރު ޑިސެންބަރު މަހު އިންޑޮނޭޝިޔާގެ އަލިފާން ފަރުބަދައެއް ގޮވާ އެގައުމަށް އެރި ސުނާމީގައި އެތަށް ބަޔަކު މަރުވެފައި ވަނިކޮށެވެ.

މި އަލިފާން ފަރުބަދަ ގޮވުމާއި އެކު އެތަށް ހާސް މީޓަރަށް އަޅިއާއި ދުން މައްޗަށް އެރިއިރު ފަރުބަދަ ގޮވަން ފެށުމާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވެއެވެ. ނަމަވެސް ފަރުބަދައިން ނުކުންނަ ދުމާއި އަޅީގެ އަސަރު ވަނީ މީހުން އުޅޭ ސަރަހައްދުތަކަށް ކޮށްފައެވެ.

2004 ވަނަ އަހަރު ވެސް މި އަލިފާން ފަރުބަދަ ގޮވާފައިވާއިރު އެފަހަރު 9000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ޖެހުނެވެ.

މި ފަރުބަދަ ގޮވުމުގެ ސަބަބުން ރައްކާތެރި ހިސާބުތަކަށް މީހުން ބަދަލުވާން ފަށާފައިވާއިރު، މިދިޔަ އަހަތު މި ފަރުބަދަ ހުންނަ ސަރަހައްދަށް ވަނީ ބާރުގަދަ ބިންހެލުންތަކެއް އައިސްފައެވެ.

އަލިފާން ފަރުބަދަތަށް ގިނަ 10 ކިލޯ މީޓަރު ބޮޑު މަނަމް އައިލެންޑް ގައި ހުންނަ މި އަލިފާން ފަރުބަދައިގެ ދިގު މިނުގައި 1784 މީޓަރު ހުންނަ އަލިފާން ފަރުބަދައެއްކަމަށްވާއިރު، މިއީ ޕަޕުއާ ނިއު ގިނީގެ ހުންނަ 13 އެކްޓިވް އަލިފާން ފަރުބަދައިގެން ތެރެއިން އެއް ފަރުބަދައެވެ.

އިންސާނީ ދަރިފަސްކޮޅަށް ގެއްލުންވާފަދަ ސުޕަ ވޮލްކޯނޭ އެއް ގޮވަނީ ކޮންމެ 100000 އަހަރަކުން އެއް ފަހަރު އެވެ. ސައިންވެރިން ލަފާ ކުރާ ގޮތުގައި މި ފަދަ އަލިފާން ފަރުބަދައެއް ގޮވައިފި ނަމަ މުޅި ދުނިޔޭގެ ބޮޑު ސަރަހައްދެއް ބަނޑަށް ޖެހި ދުނިޔެ އާދަޔާ ހިލާފަށް ފިނި ގަދަވެގެން ދާނެ އެވެ. ސަބަބަކީ ފަރުބަދައިން ނިކުންނަށް އަޅީގެ ދުމުން ދުނިޔެއަށް އިރުގެ އަލިކަން ނުލިބޭނެތީއެވެ.

ކިޔުންތެރިންގެ ހިޔާލު