އެފްރިކާގެ ގައުމެއް ކަމަށްވާ ބާކީނާ ފަސޯގައި ކެނެޑާ އަދި އިޓަލީ އަށް ނިސްބަތްވާ ދެ ފަތުރުވެރިއަކު ވަގަށް ނަގައިފިއެވެ.

ކެނެޑާ އަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ އެޑިތު ބްލެއިސް އަދި އިޓަލީއަށް ނިސްބަތް ވާ އުމުރުން 30 އަހަރުގެ ލުކޯ އެންމެ ފަހުން ޚަބަރެއް ވެފައިވަނީ ބާކީނާ ފަސޯގެ ބޯބޯ ސިޓީން އެވެ.

މި ދެ ފަތުރުވެރިން ވަގަނަގާފައިވަނީ ހުޅަނގު އެފްރިކާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މިޝަނެއްގައި ދަނިކޮށެވެ. ދެ ފަތުރުވެރިން ވަގަށް ނަގާފައި މިވަނީ އެގުމުގައި ޓެރެރިޒަމާއި ވަގަށް ނެގުމުގެ އަމަލުތަށް އިތުރުވުމާއި ގުޅިގެން ކެނެޑާއިން ޓްރެވެލް އެޑްވައިޒަރީތަށް ނެރެފައިވަނިކޮށެވެ.

ހަމަނުޖެހުން ބޮޑު ބާކީނާ ފަސޯގައި ސަރުކާރާއި ދެކޮޅަށް ބަގާވާތެއްވެސް ކޮއްފައިވާއިރު މީގެ ކުރިން އެމެރިކާގެ ފަތުރުވެރިއަކުވެސް ވަނީ މި ގައުމުގައި ވަގަށް ނަގާފައެވެ.

ކެނެޑާގެ ސަރުކާރުން ވަނީ ގެލުނު ދެ ފަތުރުވެރިން ހޯދަން ކުރެވުނު ހުރިހާ ކަމެއް ކުރާނެ ކަމަށް ބުނެފައެވެ.

ޓެރެރިޒަމާއި ސަރުކާރާއި ދެކޮޅު ހަރަކާތްތަށް ގިނަވުމުގެ ސަބަބުން ބާކީނާ ފަސޯ އިގްތިސޯދު ވަނީ އަރައިނުގަނެވޭފަދަ ފުން ވަޅުގަނޑަކަށް ވެއްޓިފައެވެ.