ޖަޕާނުގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި އޮތް ޖަޒީރާ ރަށަކަށް ޗައިނާއިން އަތް ގަދަ ކުރާ ކަމަށް ޖަޕާނުން ބުނެފިއެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގައި ހުންނަ ޖަޕާނުގެ އެންބަސީން ވަނީ ޗައިނާއިން ހުއްދަ ނުހޯދައި ފަހަކަށް އައިސް އެގައުމެ އިގްތިސާދީ ސަރަހައްދުގައި އޮތް އޮކިނޮޓޮރީ އައިލެންޑްގައި ދިރާސާ ތަކެއް ކުރަމުން ދާތީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

ޖަޕާނުގެ ވާހަކަތަކަށް ރައްދުދީ ޗައިނާއިން އޮކިނޮޓޮރީ އައިލެންޑްގެ މިލްކުވެރިކަމާއި މެދު ސުވާލުވެސް އުފައްދާފައިވާއިރު އޮކިނޮޓޮރީ އައިލެންޑް އޮންނަނީ ޗަޕާނުގެ ވެރިރަށް ޓޯކިއޯގެ ބޭރުން 1700 ކިލޯ މީޓަރު ދުރުގައެވެ.

އދ.ގެ ގާނޫނު ތަށް ބުނާ ގޮތުން އެހެން ގައުމެއްގެ އިގްތިސާދީ ސަރަހައްދުގެ ތެރެއަށް ވަދެ ދިރާސާ ތަކެއް ކުރާ ނަމަ ފުރަތަމަ އެގައުމެއްގެ ހުއްދަ ހޯދަން ޖެހެއެވެ.

2011 ވަނަ އަހަރުން ފެށިގެން ޗައިނާ އާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގޯސްވެ މައްސަލަ ހޫނުވީ ދެކުނު ޗައިނާ ކަނޑުގެ ޖަޒީރާ ރަށްތަކެއް ޖަޕާނު މިލްކުވެރިކަމަށް ދައުވާ ކުރުމުނެވެ. އޭރު ޗައިނާ އިން ވެސް ދިޔައީ އެ ރަށްތަކުގެ މިލްކުވެރިކަން ހޯދުމަށް މަސައްކަތްކުރަމުންނެވެ.

ދެނުކު ޗައިނާ ކަނޑުގައިވާ ޖަޒީރާ ރަށްތަކުގެ މައްސަލާގައި މި ދެގައުމު ދެމެދުގައި ވަރުގަދަ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވެސް މިހާރު އެބައޮތެވެ. އަނެއްކޮޅުން ޖަޕާން ވެސް އޮތީ ދޫދޭގޮތަކަށް ނޫނެވެ.

14 ވަނަ ގަރުނުން ފެށިގެން ޗައިނާ އިން މި ރަށްތަކުގެ މިލްކުވެރިކަމަށް ދައުވާކުރަމުން އަންނައިރު މި ޖަޒީރާ ރަށްތައް އެންމެ ފުރަތަމަ ހޯދީވެސް ޗައިނާ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު