ނިމިގެން ދިޔަ 2018 ވަނަ އަހަރަކީ ވެސް ދުނިޔެއަށް ބޮޑެތި ކާރިސާތަކެއް ދިމާވެ އެތަށް ބައެއްގެ ފުރާނަ ގޮސް ގެދޮރަށާއި މުދަލަށް ގެއްލުން ލިބުނު އަހަރެކެވެ.

އެގޮތުން ދިމިގެން ދިޔަ އަހަރު ފަހު ކޮޅު ކެލިފޯނިއާގެ ޖަންގަލީގައި ރޯ ވުމުގެ ކާރިސާ އަކީ 2018 ވަނަ އަހަރު ކުރިމަތިވި އެންމެ ގެއްލުން ބޮޑު ކާރިސާ ކަމަށް ޖަރުމަނުގެ އިންޝުއަރެން ކުންފުނިއަކުން ވަނީ ބުނެފައެވެ.

ޖަރުމަނުގެ މި ކުފުނިން ހާންމަ ކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު ނޮވެމްބަރު މަހު ކެލިފޯނިއާގެ ޖަންގަލީގައި ރޯވެ ލިބުނު ގެއްލުމުގެ ޖުމުލަ 16 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުންވި ކަމަށާއި އޭގެ ތެރެއިން 12 ބިލިއަން ޑޮލަރުގެ އިންޝުއަރެން އަކީ އެކުފުނިން ކޮަށްފައިވާ އިންޝްއަރެންސް ކަމަށެވެ.

މިއީ ކެލިފޯނިއާގެ ތާރީޚްގައި ވެސް ރޯވެފައިވާ އެންމެ ނުރައްކާތެރި، އެންމެ ގެއްލުން ބޮޑު އަލިފާންގަނޑު ކަމަށް ކެލިފޯނިއާގެ އިދާރާތަކުން ބުނާއިރު ޖަންގަލީގައި ރޯވި އަލިގަނޑު މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ފެތުރި 76 މީހުން މަރުވެ 1300 މީހުން ވަނީ ގެއްލިފައެވެ.

އަކިފާނުގެ ސަބަބުން މުޅި ކެލިފޯނިޔާ އިން 230،000 އޭކަރުގެ ސަރަޙައްދެއްވަނީ މުޅިން އަނދާފައެވެ. މިއީ، އެމެރިކާގެ އެންމެ ބޮޑެތި ސަރަޙައްދުތަކުގެ ތެރޭގައި ގުނާލެވޭ ޗިކާގޯ އާއި ބޮސްޓަން އެއްކޮށްލުމުން ވާވަރެވެ.

އަލިފާނުގެ ސަބަބުން އެތައް ހާސް ބައެއްގެ ގެދޮރު ގެއްލިފައިވާއިރު، ގިނަ އަދަދެއްގެ ބަޔަކަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމަށް ކެލިފޯނިޔާގެ ކަމާ ބެހޭ ފަރާތްތައް ވަނީ ނުކުޅެދިފައެވެ.

ކެލިފޯނިއާގެ ޖަންގަލީގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ނޭނގޭ އިރު އަލިފާން ރޯވާން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންދާ ކަމަށް އެމެރިކާގެ ކަމާބެހޭ ވުޒާރާތަކުން ބުނެއެވެ.