ޒިމްބާބްވޭގައި ހުދުމުހުތާރު ވެރިކަމެއް އެތައް އަހަރުތަކެއް ވަންދެން ކުރި ރޯބާޓް މުގާބޭ ވެރިކަމުން ދުރުކުރީ އަސްކަރީ ބަޣާވާާތަކުން ކަމަށާއި، އެކަމަށް އިންސާފު ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ވެރިކަމުން ދުރުކުރި ފަހުން ޓީވީ އަކަށް ދިން އެންމެ ފުރަތަމަ އިންޓަވިއުގައި، ދެކުނު އެފްރިކާގެ ޓީވީ ޗެނަލްއަކާ ވާހަކަ ދައްކަމުން މުގާބޭ ވިދާޅުވީ އޭނާ ވެރިކަމުން ދުރުކުރީ ބަޣާވާތަކުން ނަމަވެސް އެކަމަށް އަދިވެސް ގިނަ ބަޔަކު އިންކާރު ކުރަމުންދާ ކަމަށެވެ.
ޒިންބާބުވޭގެ ވެރިރަށް ހަރާރޭގައި ހުންނަ އޭނާގެ ގޭގައި ދެއްވި އިންޓަވިއުގައި މުގާބޭ ވިދާޅުވީ މިހާރު ވެރިކަމުގައި ހުންނެވި އެމާސަން ނަންގަގްވާާ އޭނާއާއި ދެކޮޅަށް ނިކުންނާނެ ކަމަށް އެއްވެސް ވަރަކަށް ހީވެސް ނުކުރައްވާާ ކަމަށެވެ. އަދި އޭނާއަށް ފަހު އެމާސަން ނަންގަގްވާާ ވެރިކަމަށް އައުން މުގާބޭ ސިފަ ކުރެއްވީ ބަޣާވާތެއްގެ ގޮތުގައެވެ.
މުގާބޭ ވިދާޅުވީ އެމާސަން ނަންގަގްވާ އަކީ އޭނާގެ ބެލުމުގެ ދަށުން ސަރުކާރުގެ ތެރެއަށް ވަން ބޭފުޅެއް ކަމަށެވެ. އޭނާ ބަލައިގެން ގެންގުޅު މީހަކު އޭނާއި ދެކޮޅަށް ނިކުންނާނެ ކަމަށް އެއްވެެސް ވަރަަކަށް ހީ ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.
އުމުރުން 94 އަހަރުުގެ މުގާބޭ އަނެއްކާވެސް ސިޔާސީ މައިދާނަށް ނުކުންނާނެ ކަމުގެ ބިރު މިހާރު ވަނީ ފެތުރިފައެވެ. ދާދި ފަހުން އޭނާ ވަނީ ޒިމްބާބްވޭގެ އިދިކޮޅު ޕާޓީގެ ލީޑަރަކާއެކުވެސް ބައްދަލު ކޮށްފައެވެ.
ފާއިތުވި ނޮވެމްބަރު މަހު މުގާބޭ އަށް ވެރިކަމުން އިސްތިއުފާ ދޭން މަޖުބޫރުވީ، ޒިމްބާބްވޭގެ އަސްކަރިއްޔާއިން އޭނާއާއި ދެކޮޅަށް ނިކުމެ، އޭނާ އަޒުލު ކުރުމަށް އޭނާގެ ޕާޓީ ކަމަށްވާ "ޒަނޫ ޕީއެފް" އިން މަސައްކަތް ފެށުމާއެކުއެވެ.
2 ވަނަ މައުމޫނު ދޯ...ޕަކާސް
ބުއްޅަބޭވެސް ހަމަ ތިގޮތަށް ފަހުން ޓީވީޔަށް އަރާބުނީ!
ބުއްޅަބެޔާ މައުމޫނާ އެއްސަފެއްގައި އުޅޭ ބެއްޔާއެއް! ބެއްޔާ ކޮބައި ބެއްޔާ ބޮލުގައި ބަޑި ނުޖައްސާތަ! މުސްކުޅިކަމުން ބޮލުގައި ޖެހޭވަރަށް ބަޑިކަނޑުވެސް ހިއްލާނުލެވެނީތަ؟
އަދީބުވެސް ޔާމީނުގެ ދުވަސްދުއްވާލާނެ ކަމަކަށް ޔާމީނު ފަހަރެއްގައިވެސް ހީނުކުރޭ. މިޒަމާނަކީ ހީނުކުރާ ކިތަންމެކަމެއް ހިނގާނެ ޒަމާނެއް. މިއޮތީ ޓެކްނޮލޮޖީ (މާސަރަންގު) ގެ ޒަމާން.
ހޫނ އަނގަފެޅީދޯ ކަލެއެކޭ ބުރުމާ ގާސިމެކޭ އެއްގޮތެއްނު؟ ހަމަ ކައިރީގަ ތިބޭމީހުން ޗާޖްކޮށްލާއިރަށް އަނގފަޅައިގެން ކޮންމެވެސް އެތިވަރުތަކެއް ސަރުކާރަށް ގޮވާލާ. މުގާބޭ ވެސް ވެރިކަން ދޫކޮށްލީ ތިމާމީހާގެ ދައުރުގައި ކޮށްފައިވާ ފަސާދަވެރި އަމަލުތަށް ނުބެލުމަށާ އެކަންކަމަށް ފިޔަވަޅު ނޭޅުން ޝަރުތުކޮށްފަ. މިހާރުތިޔައުޅެނީ ޖަލަށްވަންނަން.