އިންޑިއާއަށް އެތެރެވާ މުސްލިމުން ފިޔަވާ އެހެން ދީންތަކުގެ މީހުންނަށް އިންޑިއާގެ ރައްޔިތުކަން ލިބޭގޮތަށް ގާނޫނެއް ފާސްކޮށްފި އެވެ.

އެތަށް ބައެއްގެ ނުރުހުމާއި އެކުވެސް އިންޑިއާގެ ގާނޫން ހަދާ މަޖިލީހުގެ ތިރިގެއިން ފާސްކުރި ގާނޫނުގައިވާ ގޮތުން، އެއްވެސް ޑޮކުމެންޓެއް ނެތި އަވަށްޓެރި ބަންގްލަދޭޝް، ޕާކިސްތާނު އަދި އަފްގާނިސްތާނު ފަދަ ގައުމުތަކުން އިންޑިއާއަށް ހިޖުރަކުރާ މީހުންގެ ތެރެއިން މުސްލިމުން ފިޔަވައި، ހިންދޫންނާއި ފާރިސީން ފަދަ ދީންތަކުގެ މީހުންނަށް ރައްޔިތުކަން ލިބޭގޮތްތައް ވަނީ ކަނޑައަޅާފަ އެވެ.

އިންޑިއާ ރައްޔިތެއް ކަމަށް ބަލާނީ 1951 ވަނަ އަހަރު އެކުލަވާލެވުނު ލިސްޓުގައި ހިމެނުނު މީހުންގެ އާއިލާ މެމްބަރުންނާއި 24 މާޗް 1971 ގެ ފަހުން އެ ސަރަހައްދުގެ ވޯޓުލާ މީހުންގެ ލިސްޓެއްގައި ނުވަތަ އެފަދަ ރަސްމީ ލިޔެކިއުމެއްގައި ނަން ހިމެނުނު މީހުންގެ އާއިލާގެ މެމްބަރުންނެވެ.

މި ކަމާއި ދެކޮޅަށް އިންޑިއާގެ އައްސާމުގައި 4 މިލިއަން މީހުން ވަނީ މުޒަހަރާވެސް ކޮށްފައެވެ. މުސްލިމުން ނުހިމެނުމުގެ އިތުރުން، މުޒާހަރާގެ ބައިވެރިންގެ ކަންބޮޑުވުމަކީ އެ ގާނުނޫގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ހިންދޫންނަށް ރައްޔިތުކަން ލިބޭނެ ދޮރު ހުޅުވުގެން ދިޔުމެވެ.

ބިދޭސީންގެ މައްސަލަ އައްސާމް ސްޓޭޓުގައި އުފެދުނީ، ޕާކިސްތާނާއެކު ކުރި ދާހިލީ ހަނގުރާމައަށްފަހު ބަންގްލަދޭޝް އުފެދި އެ ގައުމުން އެތަކެއް މިލިއަން މީހުންނެއް 1971 ގައި ހިޖުރަ ކުރުމުންނެވެ.

މުޒާހަރާތަކާއި ގުޅިގެން މިގާތަނަށް 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާއިރު، އެ ސަރަހައްދުގައި ހުރި ވެރިކަންކުރާ ޕާޓީގެ ދެ އޮފީހަކަށް މުޒާހަރާގެ ބައިވެރިން ގެއްލުންދީފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އައްސާމް ސްޓޭޓަށް ހާއްސަ ނެޝަނަލް ރެޖިސްޓާ އޮފް ސިޓިޒެންސް (އެންއާރުސީ) ގެ ނަމުގައި ލިސްޓެއް އެކުލަވާލީ 1951 އަހަރު އެވެ.
އެ ގޮތުން 1985 ސޮއި ކުރެވުނު އައްސާމް އެއްބަސްވުމުގެ ދަށުން،

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢަބޫ ނިއާމް

    އިންޑިއާގެ މަކަރުވެރި ބޮދުވަޒީރު މޯދީ އަކީ މިސްލިމުންގެ އަދުއްވެއް. މިހާރު މީނަ މަސައްކަތް ކުރަމުންދަނީ ދިވެހިރާއްޖެ އިންޑިއާގެ ޓެރިޓަރީއެއް ކަމުގައި ހެދުމައް. ރޯ ގެ ސިއްރު ފައިލް ގައިވާ ގޮތުން 2050 އަހަރުތައް ނިމެންވާއިރައް ދިވެހިރާއްޖެ އަކީ އިންޑިއާގެ ޓެރިޓަރީއެއް ކަމުގައި ހަމަޖައްސާނެ އަދި ނޭޕާލް،ބޫޓާން، ބަންގްލަދޭޝް ޕާކިސްތާން، ސްރީލަންކާ 2100 ގައި ކުރިން އިންޑިއާ ގެ ގޮތުގައި ހަމަޖައްސާނެ އަދި ބޮޑު އިންޑިއާ އުފައްދާނާނއ

  2. ޖަހާންގީރު

    މީ ދިވެހިސަރުކާރު އެންމެ ލޯބިވާ އިންޑިއާ މުސްލިމިންނަށް ދޭ އަނިޔާ !

  3. ސައްތާރު

    މިފަދަމީހުން ރާއްޖެއަށް މިވެނި އެއްޗަކީ ހިލޭއެހީގެ ގޮތުގަ އިިންޑިޔާއިން ދިންއެއްޗެކޭ ނޫނީ ކޮށްދިންކަމެކޭ ބުނީމަ، އަހަރަމެންގެ ތެރޭ މިއުޅޭ ސިޔާސީމީހުންގެ ގަމާރުކަން އަހަރެންގެ ހިތައްއަރަނީ!

  4. ރައްޔިތުކަން

    ﷲއަށް ޙަމްދުކުރަން. ހައްޤު ހައްޤުގެގޮތުގައި އަދި ބާތިލު ބާތިލުކަމުގައި ދައްކަވާށި. ދިވެހިންނަށް ކިތަންމެ އޮޅިގެން އުޅުނަސް އަދުއްވުންގެ ހަގީގީ ސޫރަ ވިސްނާ ބަޔަކަށް ފެންނާނެ.

  5. ދިވެހި ދަރިއެއް

    ނޫނޭ ނޫނޭ މޯދީވަރެއް ނެތް ހަމަ!!!
    އަމިއްލަ ޤަވްމުގައި ތިބި މުސްލިމުންނަށް ނުވި ހެޔޮފުޅެއް އެހެން ޤަވްމެއްގެ މުސްލިމުންނަށް ވާނެތަ؟؟ ބަޔަކަށް މި މީހާ ނުޫންވަރެއް ނެތިގެން ގާތްކޮށްގެން މި އުޅެނީ!!
    ވިސްނާލި ކޮންމެ މީހަކަށް އެކަން ފެންނަމުން އެހެރަދަނީ!!

  6. މަކަރު ވެރިޔާ

    ޗައިނާ އިން ވަކި މުސްލިމުންނަން ރަގަޅަން ކަންތަން ކުރޭތަ،މިހާރުވެސް ޗައިނާއިން މުސްލިމުން އުލޭގާނޫނެން ހަދްނީ.މުސްލިމުންނަން ޗައިނާގަ ރޯދަހިފާތީވެސް ދުންޕާން ކުރޭ..ކާފަރުންގެ ވެރިކަމެން އޯންނަ ގައުމެންގާ އުޅޭ މުސްލިމުންނާ އަބަދުވެސް ކޮންމެސް އުދަގުލެން ކުރާނެ، އެއީ ވަކި އިންޑިއާއެން ނޫ،ދުނިޠެގަ މުސްލިމު އުންމަންދެކެ ކާފިރުން ބިރުގަންނާތީ ވާގޮތޭން.މުސްލިމުން މުސްލިމުގާއުމުތާކުވެސް މުސްލިމުންނާމެދު ކަންތަން ކުރަނީ ބޭއިންސާފުން،