އިންޑިއާގެ ދުވާލުގެ ވަގުތެއްގައި އޭޓީއެމްއަކަށް ފައިސާ އަޅަން ދިޔަ ބައެއްގެ އަތުން 38 ލައްކަ ރުޕީސް ވަގަށް ގެންގޮސްފިއެވެ.

މުންބާއީ އަވަށުގެ މި ހާދިސާ ހިނގާފައި ވަނީ އިއްޔެ ހަވީރު 5:00 ޖެހިހާރުއެވެ. އެކްސިސް ބޭންކްގެ އޭޓީއެމް އަކަށް ފައިސާ އަޅަން ދިޔަ ބައެއްގެ އަތުން އެހާ ގިނަ އަދަދެެއްގެ ފައިސާތައް ވަގަށް ގެންގޮސްފައި ވަނީ، ބިރުދެއްކުމަށް ފަހުއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ އޭޓީއެމްއަށް ފައިސާ އެޅުމަށް ގޮސްފައި ވަނީ، ތިން މީހެކެވެ. އެއީ ފައިސާ އަޅާ ކުންފުނީގެ ދެ މީހަކާއި، އެ މީހުންގެ ސެކިޔުރިޓީ ގާޑެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ވައްކަން ކުރުމަށްފަހު އެ މީހުން ދިޔައީ ކާރަކަށް އަރައިގެންނެވެ. އެ ކާރުގައި ނަމްބަރު ޕެލޭޓެއްވެސް ނެތެވެ.

މާސްކް އަޅައިގެން ތިބި ބަޔަކު މި މީހުންގެ އަތުން ވައްކަންކޮށްފައި ވަނީ ބަޑިން ބިރުވެސް ދައްކައިގެންނެވެ. އަދި އެތަނުގެ ސެކިއުރިޓީ ގާޑަށް އަނިޔާކޮށްފައިވާކަމަށްވެސް ވެއެވެ. އެ މީހުންނަށް ބިރު ދައްކައިގެން އެ މީހުންގެ އަތުން ފައިސާ ދަބަހެއް ވަގަށް ނަގައިގެން ގެންދިޔައިރު، އެކަމުގައި ހަރަކާތްތެރިވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލާމު ......

    އެއީ ވަގަށް ގެންދިއުމެއް ނޫން އެއީ ފޭރިގަތުން .

  2. ޢަލި

    ޢެއީ ފޭރުން

  3. ރަައްޔިތު މީހާ

    ރިޔާސީ އިންތިހާބެއްގައއި ވޯޓުން ވައްކަން ކުރީ ވެސް ދުވާލުގެ ވަގުތު