އިންޑިއާގެ ޖައްމު ކަޝްމީރަށް ބާރު ގަދަ ބިންހެލުމެއ މިއަދު އަތުވެއްޖެއެވެ.

މިއަދުގެ ވަގުތެއްގައި ޖައްމު ކަޝްމީރަށް އައި ބިންހެލުން އައިސްފައި ވަނީ ލަދާކް ރީޖަންއަށެވެ. ބިންހެލުމުގެ ބާރުމިން ރެކޯޑު ކުރެވިފައި ވަނީ ރެކްޓާ މިންގަނޑުން 4.6ގެ ބާރު މިނުގައެވެ.

އެ ސަރަހައްދުގެ ޓައުންތައް ކަމަށްވާ ލެހް، އަދި ކާޖިލްއަށްވެސް ބިންހެލުމުގެ އަސަރުކޮށްފައިވާ އިިރު، ބިންހެލުމުގައި ލިބުނު ގެއްލުންތަކުގެ ތަފްސީލު އަދި އެނގިފައެއް ނުވެއެވެ.

އެގައުމުގެ ޑިޒާސްޓާ މެނޭޖުމަންޓުން ހާމަކޮށްފައިވާ ގޮތުގައި ބިންހެލުމުގައި އެއްވެސް މީހަކަށް ގެއްލުންވި ކަމަކަށް އަދި ރިޕޯޓުކޮށްފައެއް ނުވެއެވެ. ޕާކިސްތާނަށް ވަނީ މީގެކުރިންވެސް ބާރުގަދަ ބިންހެލުންތައް އައިސް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން ފަހުގެ ތާރީހުގައިވެސް ޕާކިސްތާނަށް ބާރުގަދަ ބިންހެލުންތަކެއް އައިސްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު