ދުނިޔޭގެ އެންމެ ރަނގަޅު ސިޓީއަކީ ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިސް ހޮވިއްޖެއެވެ. ލޯބިވެރިންގެ ލޯބީގެ ޝަހަރެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ޕެރިސް، ދުނިޔޭގެ އެންމެ ޞިއްޙަތު ރަނގަޅު ސިޓީއެއްކަމުގައި ކަނޑައަޅާފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ވެބްސައިޓަކުންނެވެ.

ޓްރެވެލް ސުޕަރމާކެޓް ނަމަކަށް ކިޔާ ވެބްސައިޓަކުން، ޕެރިސް އަކީ އެންމެ ޞިއްޙަތު ރަނގަޅު ސިޓީކަމުގައި ކަނޑައަޅާފައިވާއިރު، ވަރަށް ގިނަ ކަންތައްތަކަކަށް ބަލާފައިވެއެވެ.

އެފަރާތުން ހާމަކޮށްފައިވާ ގޮތުގައި، އެންމެ ޞިއްޙަތު ރަނގަޅު ސިޓީގެ ގޮތުގައި ކަނޑައެޅުމުގައި ބަލާފައިވާ ކަންކަމުގެ ތެރޭގައު ސްޕާތަކާއި ޔޯގާ ސްޓޫޑިޔޯތައް ލިބެން ހުންނަ މިންވަރާއި، ފެހިކަން ގަދަ ސަރަޙައްދުތައް ހުންނަ މިންވަރު އަދި ހަމައެކަނި މޭވާއާއި ތަރުކާރީގެ ބާވަތްތައް ކެއުމަށް ފަސޭހަކަން އޮންނަ މިންވަރަށް ބަލާފައިވެއެވެ. މީގެއިތުރުން، ޖިމްތަކާއި ޞިއްޙަތަށް ފައިދާހުރި ބާވަތްތައް ވިއްކާ ފިހާރަތައް ހުންނަ އަދަދަށްވެސް ބަލާފައިވެއެވެ.

ޓްރެވެލް ސުޕަރމާކެޓުން، މިކަން ކަނޑައެޅުމަށްޓަކައި އެހެން ވެބްސައިޓުތަކުގެ އެހީތެރިކަންވެސް ހޯދާފައިވެއެވެ. އެގޮތުން، ޔޫރޯމޮނިޓަރ އިންޓަނޭޝަނަލް، ޓްރިޕްއެޑްވައިޒަރ، ޔެލްޕް އަދި ވޯލްޑް ވެދަރ އެންޑް ކްލައިމެޓް އެނަލިސްޓްސްގެ އެހީތެރިކަން ހޯދާފައިވެެއެވެ.

ޕެރިސްގެ އިތުރުން ދެން މި ލިސްޓުގައި ހިމެނޭ ސިޓީތަކަކީ:

2 - ޝިއަންގ މައި، ތައިލެންޑް

3 - ބާސެލޯނާ، ސްޕެއިން

4 - ޕައްޓަޔަ، ތައިލެންޑް

5 - ވެންކޫވަރ، ކެނެޑާ

6 - މަޔާމީ، އެމެރިކާ

7 - ސެން ފްރެސިސްކޯ، އެމެރިކާ

8 - ލިޒްބަން، ޕޯޗުގަލް

9 - ޑެންޕަސާ، އިންޑޮނޭޝިޔާ

10 - ބިއުނޯސް އެއިރެސް، އާޖެންޓީނާ