އިސްލާމްދީން ދޫކޮށްލުމަށް ފަހު މައިންބަފައިންނަށް ފިލައިގެން ތައިލެންޑަށް އެތެރެވި ސައުދީ އަރަބިއްޔާގެ 18 އަހަރުގެ އަންހެން ކުއްޖެއް ކަމަށްވާ ރަހަފް މުހައްމަދު އަލްގުނަން އަށް ކެނެޑާ ނުވަތަ އޮސްޓްރޭލިއާ އިން ހިމާޔަތް ދިނުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިހާރު އދ.އިން ރެފިއުޖީއެއްގެ ދަރަޖަ ދީފައިވާ ރަހަފް އަދިވެސް ހުރީ ތައިލެންޑްގައެވެ. އޭނާއަށް ހިމާޔަތް ދިނުމަށް އޮސްޓްރޭލިއާ ސަރުކާރާއި ތައިލެންޑް ސަރުކާރު އަދި އދ.ގެ ރެފިއުޖީންނާއި ބެހޭ ޖަމިއްޔާ އާއި ދެމެދު ވަނީ މަޝްވަރާތައް ކޮށްފައެވެ. ނަމަވެސް އަދި އެމަޝްވަރާތަކުން ވަކިގޮތެއް ނުނިމެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ރަހަފް ތައިލެންޑަށް ދިޔައީ އޮސްޓްރޭލިއާ އަށް ދިއުމުގެ މަގުމަތީގައި ޓްރާންސިޓް ކުރުމުގެ ގޮތުންނެވެ. ނަމަވެސް ތައިލެންޑް އިމިގްރޭނުން އޭނާ ހިފަހައްޓާ ސައްހަ ވިސާއެއް ނެތް ކަމަށް ބުނެ ޑީޕޯޓް ކޮށްލަން މަސައްކަތް ކުރިއެވެ.

އެމަސައްކަތް ނާކާމިޔާބުވީ އޭނާ އިސްލާމްދީން ދޫކޮށްލާފައިވާކަން އިއުލާން ކުރުމުން ބައިނަލްއަޤުވާމީ ޖަމިއްޔާތަކުންނާއި އދ.ގެ ސަމާލުކަން އޭނާ އަށް ލިބުމުންނެވެ.

ރަހަފް އެނބުރި ގައުމަށް ފޮނުވާލައިފިނަމަ އޭނާއަށް މަރުގެ އަދަބާއި ކުރިމަތިލާން ޖެހިދާނެ ކަމަށް އޭނާ އަށް ތާއިދުކުރާ ފަރާތްތަކުން ބުނެއެވެ.

ރަހަފް އަށް ހިމާޔަތް ދިނުމުގެ ކަންކަން ކުރިއަށްދާ ގޮތުގެ މައުލޫމާތު ސައުދީ އަރަބިއްޔާ އާއި ހިއްސާ ކޮށްފައިވާ ކަމަށް އދ.އިން ބުނެއެވެ. ނަމަވެސް ރަހަފްގެ މައްސަލައިގައި ސައުދީ އަރަބިއްޔާ އިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ރާއްޖެއަކުން ނުދޭނެތަ އެކުއްޖާއަށް ހިމާޔަތެއް؟

  2. ތި އަންހެން މީހާ ތިޔާ ދައްކަނީ މުޅިން ދޮގު ވާހަކަތައް. އިސްލާމްދީން ދޫކޮއްފައިދާ މީހެއްގެ ބަސް ގަބޫލް ކުރާނީވެސް މޮޔައިން.

  3. ނުބައި ކަންތައް ހުއްދައެއް ނުވާނެ

    އިސަްލާމް ދީނުގައި ވައްކަން ޙަރާމް، އިސްލާމް ދީން ދޫކޮއްލުމުން މިމަތިވެރި ޝަރީޢަތުގައި ޙަރާމް ކުރައްވާ ފައިވާ ހުރިހާ ކަމެއް (އޭގެތެރޭ ގައިި ވައްކަން ވެސް ހިމެނޭ ގޮތުން) ކުރުމަކަށް ހުރަހެއް ނެތް.

  4. އެ ކުއްޖާ އިސްލާމް ދީން ދޫކޮއްލި ވަހަކަ އެކުއްޖާގެ ޓްވިޓާރ ގަ ވެސް ބޭރުގެ މީޑިއާއެއްގަވެސް ސައުދީ ނޫހަކުން ވެސް ނުދެކެން.. މަހުރަމަކާ ނުލާ ދަތުރުކުރު ކުރުމަކީ ސައުދީ އަންހެނުންނަށް މަނާ ކަމެއް. އެއީ އާއިލާ އަށް ފިލާގެން އުޅޭ ނޯޓީ ކުއްޖެއް. ސައުދީ ގަ އެއީ ވަރަށް ބޮޑު ކުށެއް.

  5. އާދޭ އާދޭ އެންމެން އާދޭ މިހާރު މޯޑިސް ގަ ބޭނުން ގޮތަކަށް އުޅެވޭނޭ

  6. އިސްލާމް ދީން ތި ދޫކޮށްލީ އެދީނުގެ ހުރި ރަހަ ހަމަ ނޭންގިގެންބާ؟ سبحان الله

  7. ނަޝީދުގެ ޙިމާޔަތް ލިބޭނެ.

  8. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!!! ﷲ އެ އަޅާއަށް ހެޔޮވިސްނުމާއި ތަޢުފީޤު ދެއްވައި އަދި އެއަޅާގެ އަގީދާއާއި ޢަމަލު އިޞްލާޙުކުރައްވައި ފާފަ ފުއްސަވައި ދެއްވާށި އާމީން

  9. މަރުން ސަލާމަތް ވާނެތާ ދޯ ހެ ހެ “ދިރުވެއްޖެ ކޮންމެ ނަފްސަކީ މަރު ވާނެ އެއްޗެއް”

  10. ދުވސް ކޮޅަކުން ރާއްޖެ ކުދިންވެސް ދުވަންފަށާނެ ތިހެން

  11. ބޯހަމަނުޖެހޭ ކުއްޖަކާ ވަރަށް ވައްތަރު

  12. މަޖްބޫރު ނުކޮށް ދީނުގައި ހަރުލާފައެއް ނުހުންނާނެތަ؟

  13. ޔާމީނު ވެރިކަމުގައިނަމަ، ރާއްޖެއިން ވެސް ތިކުއްޖާއަށް ޙިމާޔަތް ދިނީސް.

  14. އެކުއްޖާ އިސްލާމްދީން ދޫކޮށް ކާފަރުވެ ނުގަތްނަމަ ބައިނަލްއަގުވާމީއޭ ކިޔާ ކާފަރުންގެ ބައިގަނޑު އަޅާވެސް ނުލީސް. މުސްލިމަކު ދީންބަދަލުކޮށް ކާފަރު ވެއްޖެނަމަ ކާފަރުންގެ ކުރިމަތީގައި އޭނާއެއީ ބަޠޮލެއް.

  15. އަބަދު ދުނިޔޭގައި ނޫޅެވޭނެކަން އަދި ހެއްދެވިފަރާތުގެ ހަލުރަތައްދާންޖެހޭނެކަން ހަދާންކުރޭ. އާހިރަތުގައި ގެއްލެނިވެގެންވާ މީހުންނަކީ ތިކަހަލަ މީހުން.