ފުރަތަމަ ބޮޑު ހަނގުރާމައިގައި އަޑިއަށް ދިޔަ ޖަރުމަނުގެ ސަބްމެރިނެއް ފްރާންސްގެ އައްސޭރިފަށުން ފެނިއްޖެއެވެ.

ފުރަތަމަ ބޮޑު ހަގުރާމައިގެ ތެރޭގައި މި ސަބްމެރިން އަޑިއަށް ދިޔައީ 1917 ވަނަ އަހަރު އެވެ. މިދިޔަ ޑިސެންބަރު މަހުން ފެށިގެން އުތުރު ފްރާންސްގެ އައްސޭރިފަށުން ސަބްމެރިން ދިޔައީ ތިލަ ވަމުންނެވެ.

ސަބްމެރިންގެ ބޮޑު ބައެއް މިހާރު ފެންނަން އޮތް އިރު މި ސަރަހައްދު މިހާރު ވަނީ ފަތުރުވެރިންގެ މަގުބޫލު މަންޒިލަކަށް ވެފައެވެ.

ތާރީހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި ސަބްމެރިން އަޑިއަށް ދިޔަ ހާދީސާ ހިނގި ދުވަސްވަރު އިތުރު 11 މަނަވަރެއްވެސް އަޑިއަށް ދިޔުމުގެ ހާދިސާ ތަކެއް ވަނީ ހިންގާފައެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފްރާންސުން ރަޝިއާއިން ދެވަނަ ބޮޑު ހަނގުރާމާގައި އަޅާފައިވާ ބޮމެއް ވަނީ ފެނިފައިވެއެވެ. ބަރު މިނުގައި 500 ކިލޯ ހުރި ދެވަނަ ބޮޑު ހަގުރާމައިގެ މި ބޮން ފެނިފައިވަނީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ބަޔަކަށެވެ.

އެ ބޮން ފެނުމުން ބޮން ނައްތާލުމަށް އެ ސަރަހައްދުގައި އުޅެމުން ދިޔަ 70000 ހާސް މީހުން އެހެން ސަރަހައްދުތަކަށް ފޮނުވާލިއެވެ. މި ބޮން ރަޝިއާއަށް ވައްޓާލާފައިވަނީ އެމެރިކާއިން ކަމަށް ތަޖުރިބާ ކާރުން ދަނީ ބުނަމުންނެވެ.

އާންމު ގޮތެއްގައި ފްރާސްއަކީ ފުރަތަމަ އަދި ދެވަނަ ބޮޑު ހަގުރާމައިގެ ހަތިޔާރު ފެންނަ ގައުމެކެވެ. 1939 އަކުން 1945 އަށް ކުރިއަށް ދިޔަ ދެވަނަ ބޮޑު ހަގުރާމައިގައި އެތަށް މިލިއަން ބަޔަކު މަރުވި އިރު ޖަރުމަނު ވަނީ ހަގުރާމައިން ބަލިދެފައެވެ. އަދި ހަގުރާމަ ނިމެމުން ދަނިކޮށް އެމެރިކާއިން ވަނީ ޖަޕާނުގެ ހީރޯޝީމާއަށް ނިއުކުލިޔާ ބޮމެއް ވައްޓާލާ އެތަށް ހާސް ބަޔަކު މަރާލާފައެވެ.