އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ސިފައިން ދިން ބަޑީގެ ހަމަލާއެއްގައި ފަލަސްތީނުގެ އަންހެނަކު ޝަހީދު ކޮށްލައިފިއެވެ.

އުމުރުން 25 އަހަރުގެ އަމަލް އަލް ތަރަމިސީ ޝަހީދު ކޮށްލާފައިވަނީ އިއްޔެ ފަލަސްތީނުގެ ރައްޔިތުން މިންވަންކަމަށް އެދި ކުރަމުން ދިޔަ މިޒާހަރާ ތެރޭގައި ހުއްޓައި އިސްރާއީލުގެ ސިފައިން ބެލުމެއް ނެތި ޖަހަމުން ދިޔަ ވަޒަނެއްގެ އަމާޒަށް އަރައިގެންނެވެ.

އަމަލް އަލް ތަރަމިސީ އަކީ މިދިޔަ އަހަރު މާޗް މާޗް މަހު މުޒާހަރާތަށް ފެށުނު ފަހުން ޝަހީދު ކޮށްލި ތިންވަނަ އަންހެނާއެވެ. އިއްޔެ މުޒާހަރާގައި އިތުރު 20 މީހުން ވެސް ވަނީ ޒަހަމު ކޮށްލާފައެވެ.

މިދިޔަ އަހަރު މާޗް މަހުން ފެށިގެން ޣައްޒާގައި އިސްރާއީލުން ހިންގި ގަތުލް އާންމުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 243 އަށް އަރާފައިވާއިރު އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ޒަހަމްވި މީހުންގެ އަދަދު 22000 ވުރެ މައްޗަށް އަރައެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިމަށް އަތްގަދަކޮށްފައިވާއިރު 1948 ވަނަ އަހަރު އުފެދިގެން އައި އިސްރާއީލް ދައުލަތް ފެށުމާއެކު، މުސްލިމުންގެ ތިންވަނަ މުޤަސްދަސް ބިން ކަމުގައިވާ ފަލަސްތީނުގެ ބިމުގައި މުސްލިމުންގެ ލޭ، ކޮންމެ ދުވަހަކު ދަނީ އޮހޮރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު