މާސްއަށް އިންސާނުން ފޮނުވަން ސްޕޭސްއެކްސްގެ ޗީފް އެގްޒެކެޓިވް އިލޮން މަސްކު އުފައްދާ ރޮކެޓްގެ ނަކަލެއް ދައްކާލައިފިއެވެ.

ތަފާތު ގޮތަށް ހުރި 120 ފޫޓްގެ މި އުޅަދުގެ ނަކަލު ފުރަތަމަ ފަހަރަށް ދައްކާލައިފައިވާއިރު، ސްޕޭސްއެކްސްއަކީ ޖައްވަށް މީހުން ފޮނުވުމުގެ މަޝްރޫއު ހިންގާ އެންމެ އުއްމީދީ ކުންފުންޏެވެ.

މި ރޮޖެޓާ ގުޅޭގޮތުން ސްޕޭސް އެކްސްޕްލޮރޭޝަން ޓެކްނޮލޮޖީގެ ސީއީއޯ އެލޮން މަސްކް ވިދާޅުވީ، މި އަހަރުގެ ތެރޭގައި ހަނދަށް ކުރާ ދަތުރުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ދަތުރުތަކަށް ވެސް މިޒާތުގެ އުޅަދެއް ބޭނުން ކުރާނެ ކަމަށެވެ.

މަސްކް އިތުރަށް ވިދާޅުވީ ސްޕޭސް އެކްސް މިޝަންގެ ދަށުން ކުރިއަށް ގެންދާ ޖައްވީ ދަތުރުތަކުގައި ބައިވެރިވާ އެއްވެސް ދަތުރުވެރިއަކު ހަނދަށް ނުފައިބާނެ ކަމަށާއި، ހަފުތާއެއްގެ ދިގުމިން ހޭދަވާނެ ކަމަށް ލަފާކުރާ މި ދަތުރު ކުރާނީ ހަނދުގެ ވަށައިގެން ކަމަށެވެ.

ފުރަތަމަ ޖައްވީ ފަތުރުވެރިންގެ ގޮތުގައި ދިއުމަށް ދެ މީހަކު މިހާރު ވެސް ބޮޑު ހޭދައެއް ކޮށްފައިވާ ކަމަށާއި، އެ ދެ މީހުންނަކީ ވެސް އެކަކު އަނެއްކަކު ދަންނަ މީހުން ކަމަށްވެސް މަސްކް ވަނީ ވިދާޅުވެފައެވެ. އެކަމަކު އެ ދެ މީހުން މި ދަތުރަށް ހޭދަކުރި މިންވަރެއް މަސްކު ހާމަ ކުރައްވާފައެއް ނުވެއެވެ.

މި މަޝްރޫއުގެ ދަށުން އުފައްދާ ޖުމްލަ ހަ މީހުންގެ ޖާގައިގެ ޖައްވީ އުޅަނދެއްގައި ދުނިޔެއާއި 100 ކިލޯމީޓަރު ދުރަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ވާޖިން ގެލެކްޓިކްގެ މި ދަތުރުތަކަށް ބޮލަކަށް ދެލައްކަ ފަންސާސް ހާސް ޑޮލަރު ދައްކަން ޖެހެ އެވެ.

ސްޕޭސް އެކްސްގެ މާސް މި ޝަންގެ ތާރީހެއް އަދި ހާންމަ ކޮށްފައި ނުވާއިރު މަސްކު ވިދާޅުވީ މި އަހަރުގެ ފަހުކޮޅު ފަށާ މި ދަތުރުތަކާއި އެކު، އަހަރަކު މިފަދަ ދެ ދަތުރުކުރެވޭ ވަރަށް މާކެޓު އެބައޮތް ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އަދި އެގޮތަށް ދަތުރުތައް ކުރިއަށް ގެންދެވިއްޖެނަމަ، ކުންފުނީގެ އާންމުދަނީގެ 10އެއް ނޫނީ 20 އިންސައްތަ ހިއްސާކުރާނީ މިދަތުރުތަކަށް ފަސިންޖަރުންގެ އަތުން ނަގާ ފީ ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖާބިރާ

    ނުދެވޭނެ މޮޔަނުވޭ