އިންޑިއާގައި ވަރަށް އަނިޔާވެރި ގޮތަކަށް އުމުރުން 16 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރުމަށް ފަހު ކަރު ބުރިކޮށްލައިފިއެވެ.
ކޮންމެ ދުވަހަކުވެސް ރޭޕްގެ އެތަށް ހާދިސާއެއް ހިންގަމުން އަންނަ އިންޑިއާގައި މިހާދިސާ ހިންގާފައިވަނީ ބިހާރު ސްޓޭޓްގެ ޕަޓްނާގައެވެ.
ގެއްލިގެން ހޯދާތާ 8 ދުވަސް ފަހުން އަންޖަނާ ނަމަކަށް ކިޔާ ކުއްޖާގެ ހަށިގަނޑު ފުލުހުން ހޯދާފައިވަނީ އެސިޑް އެޅުމުގެ ސަބަބުން ވަރަށް ބޮޑަށް ކުނިވާން ކައިރިވެފައި ހުއްޓައެވެ.
އަންޖަނާގެ އާއިލާއާ ހަވާލާދީ ބައެއް ނޫސްތަކުން ބުނާ ގޮތުގައި އަންޖަނާ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ގެއަށް އައެށެވެ. އެހެންނަމަވެސް، އެދުވަހު އަންޖަނާގެ ބައްޕަ، އޭނާގެ އާއިލާ މީހަކާއި އެކު ގެއިން ބޭރަށް ފޮނުވިފަހުން އަންޖަނާގެ ހަބަރެއް ނުވެއެވެ.
އަންޖަނާގެ އަނިޔާވެރި މަރާއި ގުޅިގެން އެތަށް ސަތޭކަ ބަޔަކު އިންސާފު ހޯދުމަށް މުޒާހަރާ ކުރަމުންދާއިރު ފުލުހުން ބުނީ އަންޖަނާގެ މަރުގެ ހަގީގަތް ދެނެގަތުމަށް ޕޯސްޓް މޯޓަމް ހަދަމުން ދާކަމަށެވެ.
މި ހާދިސާ ހިންގާފައިވާއިރު ދާދިފަހުން އިންޑިއާގެ ވެސްޓް ބެންގާލްގައި ވެސް ވަނީ ހަތް އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކޮށްލުމަށްފަހު މަރާލާފައެވެ. އިންޑިއާގައި ދުވާލަކު 100 ރޭޕް މައްސަލަ ރިޕޯޓް ކުރެއެވެ.
ފާއިތުވި ހައެއްކަ އަހަރު ތެރޭގައި އިންޑިއާގައި ޖިންސީ ގޯނާ ކުރާ މައްސަލަތައް ރިޕޯޓް ކުރާ މިންވަރު އެތައް ގުނައެއް އިތުރުވުމުން ޤާނޫނުތައް ހަރުކަށިކޮށް ރޭޕް ކުރާ މީހުންގެ އަދަބު ބޮޑުކުރި ނަމަވެސް މައްސަލައަށް އެއްވެސް ހައްލެއް ނާންނަކަމަށް ދިރާސާތަކުން ދައްކައެވެ. ސަބަބަކީ އަދަބު ދެވެނީ ކުށް ކުރާ މީހުންގެ ތެރެއިން ވަރަށް މަދު އަދަދެއްގެ މީހުންނަށް ކަމަށް ވާތީ ކަމުގައި ވެސް އިންޑިއާގެ ހާލަތު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
މިވަރު ތާކަށް ހިލޭ ވިސާ ބަހާގެން ގެންދަން އެއުޅެނީ. އިންޑިއާ މީހުންނަކީ އަބަދުވެސް ސެކްރެޑް ގޭމޮސް ކުޅެން އުޅޭ ބައެއް.
16 އަހަރުވީމަ ކުޑަކުއްޖެކޭ ކިޔާތަ؟ 9 އަހަރުގަވެސް އެބަހުރި ބޮޑުވެފަ
100 އަކުން އެކަކު ރޭޕްގެ މައްސަލަ ރިޕޯޓް ކުރަނީ . ޢެހެން ވީމަ އަސްލު އަދަދު އުޅޭނީ އަދި މާ މަތީ ގަ