އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް ނުވަތަ ކޮންގްރެސްއަށް ފުރަތަމަ ފަހަރަށް އިންތިހާބުވި މުސްލިމް ދެ ބޭކަނބަލުން، އެމެރިކާގެ ރައީސް ޓްރަމްޕްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ގޮވާލައިފިއެވެ.

އެމެރިކާގެ ކޮންގްރެސް އަށް ދާދި ފަހުން އިންތިޚާބު ވެފައިވާ ފަލަސްތީން ދަރިކޮޅަށް ނިސްބަތްވާ މުސްލިމް އަންހެނެއް ކަމަށްވާ ރާޝިދާ ތާލިބް އާއި ސޯމާލިއާ ދަރިކޮޅަށް ނިސްބަތްވާ މުސްލިމް އަންހެނެއް ކަމަސްވާ އިލްހާން މި ކަމަށް ގޮވާލެއްވީ މަޖިލިސް އަށް އިންތިހާބުވިތާ މާގިނަ ދުވަހެއް ނުވަނީސް އެވެ.

ޓްރަންގެ އިތުބާރު ނެތް ކަމަށް ފާސް ކުރަން މަޖިލީހުގެ ތިން ބައިކުޅަ ދެބައިގެ އަގުލަބިޔަތު ބޭނުންވާއިރު ޓްރަމްޕްގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގަން ގޮވާލާފައި މިވާ ދަނޑިވަޅަކީ އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް އައުމާ ގުޅިގެން ޑިސެމްބަރ 22 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އަށްލައްކަ އަށް ވުރެ ގިނަ މުވައްޒަފުން މުސާރައާއި ނުލާ މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެކެވެ.

މުސްލިމު ދެ މެންބަރުން--

ބޮޑު ފާރު ރޭނުމަށް ބޭނުންވާ 5.7 ބިލިއަން ޑޮލަރު ނުހިމަނައި ދައުލަތުގެ ބަޖެޓް ތަސްދީގު ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ދެކޮޅުހަދަމުންނެވެ. އަދި ކުއްލި ހާލަތު އިއުލާން ކުރައްވައިގެންވެސް އެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް ޓްރަމްޕް ވަނީ އިޝާރާތް ކޮށްފައެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ރިޕަބްލިކަން ޕަޓީގެ ކެނޑިޑޭޓުގެ ގޮތުގައި ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ކުރީ 2016 ވަނަ އަހަރުއެެވެ. މަގާމާއި ހަވާލުވީސުރެން އެތަށް ބައެއްގެ ފާޑުކިޔުން ޓްރަމްޕަށް އަނަނީ އަމާޒު ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Miadhu

    ސާބަސް ތިދެކަބަލުންނަށް ﷲގެ ރަހުމަތްފުޅުން ތިކަން ކާމިޔާބުވާނެ ތިނަތީޖާއަށްފަހު ދެން އެއްމެކުރިން ތިފަދަވޯޓެއްނަގާނީ ދިވެހިރާއްޖޭގައި އިންޝާﷲ