2002 ވަނަ އަހަރު ނޫސްވެރިއެއް މަރާލި ކަން އިންޑިޔާގެ ދެރާ ސަޗާ ސައުދާގެ ފާދިރީއެއް ކަމަށްވާ ގުރުމީތު ރާމް ރަހީމް ސިންގުގެ މައްޗަށް ސާބިތު ވެއްޖެއެވެ.

އިންޑިޔާގެ ނޫހެއް ކަމަށްވާ "ޓައިމްސް އޮފް އިންޑިޔާ" ގައި ރިޕޯޓްކޮށްފައިވަނީ ނޫސްވެރިޔާގެ މަރުގެ މައްސަލާގައި ރާމް ރަހީމްގެ މައްޗަށް މި މަހު 17 ވަނަ ދުވަހު ހުކުމް ކުރުމަށް ވަނީ ތާވަލްކޮށްފައިވާކަމަށެވެ. ދެހާސް ސަތާރަ ވަނަ އަހަރު ފައްޅިއަށް ވަން ދެ އަންހެނުން ރޭޕު ކުރި މައްސަލާގައި މިހާރުވެސް ޖަލުގައި އިން ރާމް ރަހީމް ގެ މައްޗަށް މީގެ ކުރިން ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ނޫސްވެރިޔާ މަރާލައިފަ ވަނީ 2002 ވަނަ އަަހަރު އޭނާ ރާމް ރަހީމް ހިންގަމުންދާ ވިޔާނުދާ ކަންކަމުގެ ވާހަކަތައް ނޫހެއްގައި ޕަބްލިޝް ކުރުމުންނެވެ. ނޫސްވެރިއެއްކަމަށްވާ ރާމް ޗަންދްރަ ޗަތުރަޕަތީ މަރާލައިފައިވަނީ އޭނާ ގަޔަށް ބަޑި ޖަހައިގެންނެވެ.

މި މައްސަލާގައި ކަލެއް ކަމަށް ދައުވާކުރާ އަދި އޭނާއަށް ތަބާވާ 50 މިލިއަން މީހުން އިންޑިއާގައި ދިރިއުޅޭ ސިންގުގެ އިތުރުން ތިން މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

މީގެ ކުރިން ރޭޕް މައްސަލާގައި ފުލުހުން މިފާދިރީ ހައްޔަރުކޮށް ކޯޓްއަށް ހާޒިރު ކުރުމުން، މިފާދިރީ މީހާވަނީ ދޫކޮށްލާފައެވެ. ފުލުހުން މިމީހާ ހައްޔަރުގައި ބަހައްޓައިގެން މައްސަލަ ކުރިޔަށް ގެންދިއުމަށް އެދުނު ނަމަވެސް ކޯޓުން އެކަމަށްވަނީ އިންކާރު ކޮށްފައެވެ.

މަރުގެ މައްސަލާގައި ރާމް ރަހީމްގެ މައްޗަށް އުފުލާފައިވާ މައްސަލަތަކުގެ ކޯޓުގެ އަޑުއެހުން ނިމުނު ތަނާ ހެން އިތުރު 50 އަންހެނުން ވަނީ އޭނާ ޖިންސީ ފުރައްސާރަ ކޮށްފައިވާކަމަށް ބުނެ މައްސަލަ ހުށައަޅާފައެވެ.