ފްރާންސްގެ ވެރިރަށް ޕެރިހުގައި ހުރި ބޭކަރީއެެއްގައި ބާރުގަދަ ގޮވުމެއް ގޮވާ އެތަށް ބަޔަކު ޒަހަމް ވެއްޖެއެވެ.

އޮފިޝަލުންނާއި ޙަވާލާދީ ބައެއް ނޫސްތަކުން ބުނީ ބާރުގަދަ ގޮވުމުގައި އެތައް ގެއެއްގެ ބިއްލޫރި ދޮރުތަށް ތެޅި މަގުމަތީގައި ޕާކް ކޮށްފައި ހުރި ގިނަ އަދަދެއްގެ އުޅަނދުތަކަށް ގެއްލުން ވީކަމުގައިވިޔަސް މިހާދިސާގައި އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވާ ކަމަށެވެ.

ކަމާ ބެހޭ އިދާރާތަކުން މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދަމަށްޓަކައި ޚާއްސަ ތަހުޤީޤެއް ފަށާފައިވާއިރު، މިއީ ބަޔަކު ގަސްތުގައި ދިން ޙަމަލާއެއްކަމެއް ނުވަތަ އެނޫންގޮތަކަށް ހިނގައިދިޔަ ކަމެއްކަން އަދި ދެނެގަނެވިފައި ނުވެއެވެ. ޕެރިހުގެ ފުލުހުން ލަފާ ކުރާގޮތުގައި މިގޮވުން ގޮވަން މެދުވެރިވީ ގޭސް ހޮޅިއެއް ފަޅައިގެން ދިޔުމުގެ ސަބަބުންނެވެ.

މި ގޮވި ގޮވުމުގެ އަޑު އެ ޕެރިހުގެ ގިނަ ސަރަހައްދުތަކަށް އިވިފައިވާ ކަމަށް އެ ގައުމުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓްކުރެ އެވެ.

ޕެރިހުގެ ޑިޒާސްޓަރ ރެސްޕޮންސް ސެންޓަރުން ބުނީ، އެ ސަރަހައްދާއި އެސަރައްދާއި ކައިރި އިތުރު ގޮވުންތަކެއް ގޮވުމުގެ ކުރިން ރައްކާތެރި ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި އެގޮތުން އިތުރު ހޮޅިތަކެއް ގޮވުމުގެ ފުރުސަތު އޮތުމުން ގިނަ އަދަދެއްގެ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ފަށާފައިވާ ކަމަށެވެ.