އިޤުތިޞާދީ ގޮތުން އެމެރިކާގެ މައްޗަށް އިންޑިއާ އިން ކުރި ހޯދާނެ ދުވަސް ކައިރިވެއްޖެ ކަމަށް ލަންޑަންގެ ކުންފުންޏެއް ކަމަށްވާ "ސްޓޭންޑާޑް ޗާޓާޑް" އިން ބުނެފިއެވެ.

"ސްޓޭންޑާޑް ޗާޓާޑް" ކުންފުންޏަކީ މަލްޓިނޭޝާނަލް ބޭންކިން އަދި ފައިނޭންސް ސާވިސް ކުންފުންޏެކެވެ.

"ސްޓޭންޑާޑް ޗާޓާޑް" ގެ ރިޕޯޓެއްގައި ބުނެފައި ވަނީ 2020 ވަނަ އަހަރުގެ ކުރިން ދުނިޔޭގެ އެންމެ ވަރުގަދަ އިޤުތިޞާދުގެ މަގާމު އެމެރިކާ އަށް ގެއްލޭނެއެވެ. ދުނިޔޭގެ އެންމެ ވަރުގަދަ އިޤުތިޞާދުގެ މަގާމަށް ދެން އަރާނީ ޗައިނާ އެވެ. 2030 ގެ ކުރިން ދެވަނަ އިޤުތިޞާދުގެ މަގާމު އެމެރިކާއަށް ގެއްލި އެމަގާމަށް އިންޑިއާ އަރާނެ ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.

އެންމެ ވަރުގަދަ އިޤުތިޞާދުތައް އޮންނަ ގައުމުތަކުގެ ލިސްޓްގެ ފަސްވަނަ އަށް އިންޑޮނޭޝިއާ އެރުމަކީ ވެސް ވަރަށް ކައިރި މުސްތަގުބަލެއްގައި ފެނިގެން ދާނެ މަންޒަރެއް ކަމަށް ރިޕޯޓްގައި ވެއެވެ.

"އިންޑިއާ ވެގެން ދާނީ އިޤުތިޞާދީ ގޮތުން އެންމެ ބޮޑު ކުރިއެރުމެއް ހޯދާނެ ގައުމަށް. 2020 ވަނަ އަހަރު އިންޑިއާގެ އިޤުތިޞާދު 7.8 އިންސައްތަ ކުރިއަރާނެ. އިންޑިއާގެ އިޤުތިޞާދު ކުރި އަރައިގެން ދާން މެދުވެރިވާނެ އެންމެ ބޮޑު ސަބަބަކީ ދާދިފަހުން ތައާރަފް ކުރި ޖީއެސްޓީ" ރިޕޯޓްގައި ވެއެވެ.

2017 ވަނަ އަހަރު އިންޑިއާ އިން ވަނީ ޖީއެސްޓީ ނަގަން ފަށާފައެވެ. އެއާއި އެކު އިންޑިއާގެ އިޤުތިޞާދީ ކުރިއެރުން އިތުރުވެ ގައުމުގެ މުއްސަނދިކަން މައްޗަށް ޖެހޭނެއެވެ.

އިންޑިއާގެ އިޤުތިޞާދު ކުރިއަރައިގެން ދާން މެދުވެރިވާނެ އަނެއް ސަބަބަކީ އިންޑިއާގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންނަކީ އުމުރުން 25 އަހަރު ނުފުރޭ ޒުވާނުންނަށް ވުމެވެ.

"ޒުވާން އާބާދީއަކީ އިންޑިއާގެ އިޤުތިޞާދު ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ބައެއް." ރިޕޯޓްގައި ވެއެވެ.

އިންޑިއާގެ ބޮޑު އާބާދީއަށް 2030 ވަނަ އަހަރު އަންނަން ވާއިރަށް 100 މިލިއަން ވަޒީފާ އަލަށް އުފައްދަން ޖެހޭނެ ކަމަށް ވެސް ރިޕޯޓްގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޒާ

    ތީ ކުށް ހީއެއް. އިންޑިއާމީހުންގެ ނާތަހުޒީބު ކަމާއި، ޖާހިލުން ގިނަވުމުންނާއި ކަރަޕްޝަން ބޮޑުކަމުން ތިޔަބުނާ ކުރިއެރުން އިންޑިއާ 2030 ވަނަ އަހަރު ކީއްކުރަންތޯ 2050 ގައިވެސް ހޯދުމަކީ މުސްތަހީލު ކަމެއް.

  2. ނަޒީމް

    އިންޑިޔާއައް އެމެރިކާގެ މައްޗައް ކުރި ހޯދޭނީ އޭގެ ކުރީން ޗައިނާގެ މައްޗައް ކުރިހޯދިގެންނެވެ. އެކަން ކުރެވޭނެ ހަމަ އެއްގޮތެއްވެސް އިންޑިއާގައެއް އަދި ނެތެވެ.

  3. މޯޑޯ

    ގެރި ގޮރު ބުއިމުން ދުނިޔޭގެ އެއްވަނަ އިންޑިޔާ ހޯދާނެ އެއީ ޝައްކެއް އޮތްކަމެއްނޫން.ދިރާސާއެއްވެސް ކުރާކަން ނުޖެހޭނެ.

  4. Anonymous

    ޒުވާން އާބާދީއަކީ އިންޑިއާގެ އިޤުތިޞާދު ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ބައެއް." ހުސް ފޭކް ޒުވާން އާބާދީގެ އެއްބައި ޑްރަގަށް އަނެއްބައި ގޭންގް މާރާމާރީ އަނެއްބައި ރޭޕަށް އަނެއްބައި އެއްޖިންސުން ގުޅުން ހިންގަން އެވަރުން ޒުވާނުންނަށް ކިހިނެއް ބަރޯސާވާނީ

  5. ޣާދިރު

    ޖަހާފަ އިން ފޮޓޯ ބެލުމުންވެސް އެނގޭ ތިޔަކަން ނުވާނެ ކަން..

  6. މޯދީ

    ހިސްދޫ ކަރަ މުސްލިމުން ފަތަހަ ކޮށް ތިކަން ވެދާނެ.

    އެދުވަސް ވަރަށް ގާތް ވެއްޖެހެން ހީވަނީ. މޯދީ އާއި

    އޭނައަށް ބައި އަތު ހިފައިގެން ތިބި އެމްޑީޕީ އޭ ކިޔާ

    ލާދީނީ ބައިގަނޑާ ދެކޮޅަށް މުސްލިމުން ހަނގުރާމަ ކުރާ

    ދުވަސް