ރަޝިއާގެ ހަމައެކަނި ޖައްވީ ރޭޑިއޯ ޓެލެސްކޯޕް މަސައްކަތް ކުރުން ހުއްޓާލައިފި ކަމަށް އެގައުމުން ހާމަ ކޮށްފިއެވެ.

ދުނިޔެ ވަށައިގެން ދައުރުވަމުން އަންނަ މި ޓެލެސްކޯޕާ ދުނިޔެއާ މިހާރު އެއްވެސް ގުޅިމެއް ނެތް އިރު، މި ޓެލެސް ކޯޕާއި ގުޅުން ކެޑިފައިވަނީ މިމަހު 11 ވަނަ ދުވަހުން ފެށިގެންނެވެ.

ތަކުރާރުކޮށް މި ޓެލެސްކޯޕާއި ގުޅުން ގާއިމު ކުރުމަށް ރަޝިއާއިން ދަނީ މަސައްކަތް ކުރަމުންމެނެވެ.

2011 ވަނަ އަހަރު ޖައްވަށް ފޮނުވާލި މި ޓެލެސްކޯޕް ގެ އުމުރު ކަމަށް ބެލެވިފައި އޮތީ ފަސް އަހަރު ނަމަވެސް އެއަށް ވުރެން ގިނަ ދުވަހަށް މި ޓެލެސް ކޯޕް ވަނީ އޮޕަރޭޓް ކޮށްފައެވެ.

ރަޝިއާގެ ޓެލެސްކޯޕެއްްގެ ކޮންޓްރޯލް ގެއްލިފައިވާއިރު ދާދިފަހުން ވަނީ ރަޝިއާގެ ސެޓެލައިޓެއް ހަލާކުވެ ދުނިޔެ އަށް ވެއްޓިފައެވެ. މިއީ ރަޝިއާއިން 2007 ވަނަ އަހަރު ވެބްސައިޓް ޓްރެކް ކުރުމަށް ފޮނުވާލި ސެޓެލައިޓެކެވެ.

ޖައްވީ ރޮގުން އެމެރިކާ ފަހަތަށް ވައްޓާލައި ކުރިއެރުން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ރަޝިއާގެ އެތަށް ސެޓެލައިޓެއް ދުނިޔެ ވަށައިގެން ދައުރު ވަމުން ދާއިރު މީގެ ތެރޭގައި ގިނައީ އަސްކަރީ ބޭނުމަށް ޖައްވަށް ފޮނުވާފައި ހުންނަ ސެޓެލައިޓާއި ޖާސޫސް ކުރުމަށް ފޮނުވާފައި ހުންނަ ސެޓެލައިޓެވެ.

ކިޔުންތެރިންގެ ހިޔާލު