އެމެރިކާގެ އަލާސްކާއަށް 5.1 މެގްނިޑިއުޓްގެ ބިންހެލުމެއް އަތުވެއްޖެއެވެ. މިއީ މިއަހަރުގެ ތެރޭގައި އަލާސްކާއަށް އައި 100 ވަނަ ބިންހެލުންކަން ފާހަގަކޮށްލެވެއެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ހާމަކޮށްފައިވާ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ އެތާ ގަޑިން ހެނދުނު 8.45 ހާއިރުއެވެ. ޔޫއެސް ސްނާމީ ވާނިންގ ސެންޓަރއިން މި ބިންހެލުމާއި ގުޅިގެން ސުނާމީއެއް ނުއުފެދޭނެ ކަމަށް ހާމަކޮށްފައިވެއެވެ.

މިއަދު އަލާސްކާއަށް އައިފައިވާ ބާރު ގަދަ ބިންހެލުމާއިއެކު މިއީ އެޤައުމަށް މިއަހަރު އައި 5 ވަނަ ބާރު ގަދަ ބިންހެލުމެވެ. މީގެ ކުރިންވެސް އަލާސްކަށް މިއަހަރުވަނީ ބާރުގަދަ 4 ބިންހެލުމެއް 4.5 މެގްނިޓިއުޑަށްވުރެ ބާރު މިނުގައި އައިސްފައެވެ. މީގެ އިތުރުން މިދިޔަ އަހަރުވަނީ އެލާސްކާއަށް 7 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައެވެ. މިބިންހެލުމާއި ގުޅިގެންވަނީ އޭރުވަނީ ސުނާމީގެ އިންޒާރެއްވެސް ނެރެފައެވެ.

އެލާސްކާއަށް ބިންހެލުންތައް ގަނައިން އަންނަނީ އެސަރަހައްދުގެ ގޮތުން ކަމަށް ކަމުގެ މާހިރުން ބުނެއެވެ. މިގޮތުން އެެލެސްކާ ހިމެނޭ ސަރަހައްދަކީ ދުނިޔޭގެ ޕްލޭޓްތަކުގެ ތެރެއިން ދެ ޕްލޭޓްގެ ދެމެދެއެވެ. އާއްމުކޮށް ބިންހެލުން އަންނަނީ މިދެ ޕްލޭޓް ކަމުގައިވާ ޕެސިފިކް ޕްލޭޓް އާއި ނޯތް އެމެރިކަން ޕްލާޓް ޖެހުމުގެ ސަބަބުން އަންނަ ލޮޅުމަކުންނެވެ.

1964 ވަނަ އަހަރު މާރިޗް މަހުގެ ތެރޭގައި އެސަރަހައްދަށް އައި އެންމެ ބޮޑު ސުނާމީ ވަނީ އަރާފައެވެ. އެއީ 9.2 މެގްނިޓިއުޑްގެ ބާރު މިނުގައި އައި ބިންހެލުމަކާއި ގުޅިގެން އުފެދުނު ސުނާމީއެކެވެ. މިސުނާމީގައި 193 މީހުންވަނީ މަރުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު