އެމެރިކާ އިސްވެ އޮވެ ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯގެ ވެރިކަން ވައްޓާލަން މަސައްކަތް ފަށައިފިއެވެ.

މިދިޔަ އަހަރު މޭ މަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްގެން މިމަހު ދިހަ ވަނަ ދުވަހު ރައީސް ކަމުގެ އާ ދައުރަކަށް ހުވާ ކުރެއްވި މަޑޫރޯއަކީ ވެނެޒުއެލާގެ ގާނޫނީ ގޮތުން އުދެނު ރައީސް ކަމަށް ގަބޫލު ކުރަން އެ ގައުމުގެ އިދިކޮޅު ފަރާތްތަކުން ދަނީ ދެކޮޅު ހަދަމުންނެވެ. މޭ މަހުގައި ބޭއްވި އިންތިހާބު އިދިކޮޅުފަރާތްތަކުން ވަނީ ބޮއިކޯޓް ވެސް ކޮށްފައެވެ.

މަޑޫރޯ ވެރިކަމުގެ އާ ދައުރަކަށް ހުވާ ކުރެވިތާ 24 ގަޑި އިރު ނުވަނީސް ޖެނުއަރީ 11 ވަނަ ދުވަހު އިދިކޮޅު ނޭޝަނަލް އެސަބްލީ ޕާޓީގެ ލީޑަރ ޖުއާން ގުއައިޑޯ ވަނީ ވެނެޒުއޭލާގެ ސަލާމަތީ ބާރުތަކުގެ ތާއީދާއި ބޭރު ގައުމުތަކުގެ ތާއީދާއެކު އޭނާ އަކީ މިހާރު ވެނެޒުއޭލާގެ އާ ރައީސް ކަން އިއުލާން ކުރައްވާފައެވެ.

އިދިކޮޅު ލީޑަރުގެ މި ވާހަކަތަކަކީ ބަގާވާތަކާއި އެއްވަރުގެ ވާހަކަތަކެއް ކަމަށް ރައީސް މަޑުރޯވަނީ ވިދާޅުވެފައެވެ. އޭގެ ފަހުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޯންޕިއޯ ވަނީ އިދިކޮޅު ލީޑަރ ގެ ނިންމުމަށް ތާއީދު ކުރާކަމަށް ހާންމަކޮށް ޓުވީޓެއް ކުރައްވާފައެވެ.

މެއި މަހު ބޭއްވި އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބެއްކަމަށް ބުނެ، އެމެރިކާ އިން ވަނީ ވެނެޒުއޭލާ އާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ.

އެމެރިކާ އިސްވެ އޮވެ ވެނެޒުއޭލާގައި ބަގާވާތެއް ރާވަމުން ދާކަމަށް ބުނަމުން ދާއިރު ވެނެޒުއެލާއިން ވަނީ މީގެ ކުރިން އެމެރިކާ އަޑީގައި އޮވެގެން އެގައުމުގެ ސަރުކާރު ވައްޓާލަން އެތަށް ފަހަރަކު މައްސަކަތެއް ކުރި ކަމަށް ވެސް ތުހުމަތު ކޮއްފައެވެ.

މި ދިޔަ އަހަރު އޯގަސްޓް މަހު ޑްރޯންތަކެއް ގޮއްވާލައިގެން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އަވަހާރަކޮށްލަން ދިން ހަމަލާގެ ފަހަތުގައިވެސް އޮތީ އެމެރިކާ ކަމަށް ވެނެޒުއޭލާއިން ވަނީ ތުހުމަތު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޔޯޔޯ

    އެމެރިކާގެ ކަމަކީ ހަމަނުޖެހުން އުފެއްދުން. ދުނިޔޭގެ ސުޕަރ ޕަވަރ ޔޯ. ސުޕަރ ޕަވަރ މައިފުޓް.

  2. އިންސާފު

    ބަންގްލަދޭޝް ހިންގި ޖަރީމާ ނުފެނޭ ދޯ

    • ހެހެ

      ބަނގުލަދޭސްގެ ހުދުމުހުތާރު ވެރިކަންވެންވެސް ދަމަހައްޓަނީ އެމެރިކާއިން

  3. އަލީ

    އެމެރިކާ އަކީ ސައިޠާނީ ޤައުމެއް. މިކަހަލަ ދަނޑިވަޅުތައް ބަލާ އިބިލީސް ވެސް ވަސްވާސް ދެނީ.