ސީރިޔާގައި ހިނގަމުންދާ އަހުލީ ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާ ބަޔަކީ އާއްމު ރައްޔިތުންނެވެ. އޭގެތެރެއިންވެސް އެންމެ ނާޒުކު ކަމަށް ބެލެވޭ އަންހެނުންނާއި ކުޑަ ކުދިންނެވެ. އެއް ޤައުމުން އަނެއް ޤައުމަށް، ރެފިއުޖީންގެ ގޮތުގައި ހިޖުރަކުރުން ނޫން ގޮތެއް އެފަރާތްތަކަށް ނެތެވެ.

އެންމެ ޒަރޫރީ ބޭނުންތަކާއި ކާބޯތަކެތިވެސް ލިބޭނެ ގޮތެއް އެފަރާތްތަކަށް ނެތްއިރު، މިކަމުގެ ސަބަބުން އެހުރިހާ ފަރާތްތައްވެސް ވަނީ ހަތަރު އުދަރެސް ފެނު ޖެހިފައެވެ. އެހެންނަމަވެސް، އިންސާނަކަށް ކެތް ނުކުރެވޭނެ ކަމެއް ކުރިމަތި ނުކުރައްވާނެއެވެ. އެހެންކަމުން، އިންސާނުންނަށް އޮތީ އެކަންކަމާ ކުރިމަތިލުމެވެ. އަމިއްލައަށް މަރުވުން ފަދަ މަގުތައް ޚިޔާރު ކުރުމެއް ނޫނެވެ.

އެގޮތުން، އުރުދުންގައި ހުންނަ ރެފިއުޖީ ކޭމްޕެއްގައި އުޅެމުންދިޔަ އުމުރުން 28 އަހަރުގެ ސުންދުސް ފަތުހުﷲ ނަމަކަށް ކިޔާ މީހަކު ވަނީ އޭނާ އުޅެމުންދިޔަ ޓެންޓުގައި އަލިފާން ޖަހާ، އަމިއްލަ ތިން ދަރިންނާއެކު އަލިފާންގަނޑުގެ ތެރެއަށް ފުންމާލާފައެވެ. އޭނާ މި ގޮތަށް ކަންތައް ކޮށްފައިވަނީ އޭނާގެ ދަރިން ބިކަ ހާލުގައި އުޅޭ މަންޒަރު ބަލަން ނުކެރޭނެކަމަށް ބުނެއެވެ.

އެހެންނަމަވެސް، އެތަނުގައި އުޅެމުން ދިޔަ އެހެން ރެފިއުޖީން ވަނީ އެމީހާ ސަލާމަތް ކޮށްފައެވެ. އަދި ކޭމްޕު ތެރޭގައި ހުންނަ ހޮސްޕިޓަލަކަށް ގެންގޮސް ވަނީ ފަރުވާ ދީފައެވެ. ފަހުން އެމީހާ ވަނީ އުރުދުންގެ ތެރޭގައި ހުންނަ ހޮސްޕިޓަލަކަށް ބަދަލުކޮށްފައެވެ.

ތުރުކީގެ ނޫހަކުން، ކަމާ ބެހޭ ބައެއް ފަރާތްތަކާ ހަވާލާދީ ބުނެފައިވަނީ މި އަންހެން މީހާގެ އާއިލާ އަކީ ވަރަށް ފަގީރު އާއިލާއެއްކަމަށާއި، ފާއިތުވި ދެ ހަފްތާގައިވެސް އެމީހުންނަށް ކާ އެއްޗެއް ނުލިބޭކަމަށް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދިވެހިން

    ސީރިއާއި ލުބުނާނުގައި ހާލުގައިޖެހިފައި ރެފިއުޖީ ކޭމްޕްތަކުގައި ތިބި މުސްލިމު އަޚުންނާ އުޚުތުން ދިވެިރާއްޖެއަށް ގެނެސް ވަޒަންވެރި ކުރުވުމަށް ސަރުކާރަށް ގޮވާލަން.

    8
    2
    • .ތިޔަރީ

      މަވެސް ވަރަށް ތާއީދު. މިގައުމުގަ ތިބި 3 ލައްކަ މީހުންތރެއަށް ލައްކައެއް އަޅާލިޔަސް ހަމަ އޯކޭ

      6
      1
    • ޑިމޮކްރަޓިސްޓް، ރ.ވާދޫ

      އަދިވެސް އެހެންގައުމެއްގެ ބައެއްދޯ ގެނެސް އަޅާލަންވީ.. މިއުޅެނީ މީހަކާއިދެ ވަކިންއުޅޭނެ ކޮޓިގަނޑެއްވަރުގެ ބިންކޮޅެއްވެސް ދައުލަތުން ނުދީގެން.. މަތިކަމާ ކަނޑައެޅިގެން އިދިކޮޅު..

      2
      4
  2. Anonymous

    ސުބުހާނަﷲ.

  3. އަބޯ

    މިހުރިހާކަމެއްގެ ޒިންމާ އުފުލަންޖެހޭނީ ސައޫދީ ރަސްގެފާނު. ޔަމަނާ ފަލަސްޓިނާ ސޫރިޔާގެ ހަލަކަކީ ސައޫދީ ރަސްކަން.

  4. Anonymous

    ކިރިޔާ ކަމެއް ވާއިރަށް މަރުވާ މީހުންނާއި މާޔޫސްވެގެން ކެއްނުކުރެވޭ ހިސާބަށް ގޮސް މަރުވާ މީހާއާ އެއީ ތަފާތު ދެއެއްޗެއް. އެގޮތުން މާޔޫސް ވެގެން މަރުވާމީހާއަށް ފަހަރުގަ ސުވަރުގެ ދެވުންވެސް އޮވޭ.