ފަލަސްތީނު ރައްޔިތުންނަށް ޔަހޫދީ އިސްރާއިލުން ކުރާ އަނިޔާއަކީ އެއްވެސް މީހަކަށް ވަންހަނާވެފައި އޮތް ކަމެއް ނޫނެވެ. މި ވާހަކަތަކަކީ އެވާހަކަތައް ދެއްކުމުން އެތައް ބައެއްގެ ލޮލުން ކަރުނަ ހިލުވާލާ ވާހަކަތަކެއްވެސްމެއެވެ. ކޮންމެ ދުވަހަކުވެސް މިފަދަ އެތައް ވާހަކަތަކެއް އިވޭއިރު، މިއީވެސް އިސްރާއިލުގެ އަނިޔާވެރިކަން ކިތަންމެ ރަނގަޅަކަށްވެސް އެނގި ހާމަވާ ކަމެކެވެ.

އެގޮތުން، އިސްރާއިލުގެ އަނިޔާވެރި ޖަލެއްގައި 16 އަހަރު ހޭދަކުރުމަށްފަހު އިއްޔެ މިނިވަންވި މީހަކަށް ވަނީ އަނެއްކާވެސް ބޮޑު ހިތާމައަކާ ކުރިމަތިލާން ޖެހިފައެވެ. މިނިވަންކަމުގެ ކުޑަވެސް ރާހަތެއް ކޮށް، އެކަމުގެ ކުޑަ ލައްޒަތެއް ލިބުނުތަނާ، މި މީހާ ކުރިމަތިލާން ޖެހުނީ މި މީހާގެ މަންމަގެ މަރާއެވެ.

ކަމަލުލް ޚާތިބު ނަމަކަށް ކިޔާ މި މީހާއަށް މި ބޮޑު ހިތާމަ ކުރިމަތިވެފައިވާއިރު، ފާއިތުވި ދިގު މުއްދަތުގައި އޭނާގެ މަންމައާއިއެކު ވަގުތު ހޭދަކޮށްލުމުގެ އެއްވެސް ފުރުޞަތެއް ލިބިފައި ނުވެއެވެ. އެތައް ދުވަހެއްގެ އިންތިޒާރަކަށް ފަހު އެނބުރި މަންމަގެ ގާތަށް އައިތަނުން، ކުރިމަތިލާން ޖެހުނީ ބޮޑު ދެރައަކާއެވެ.

އިސްރާއިލު ޖަލުތަކުގައި މިހާރުވެސް ނުހައްގުން ޖަލަށް ލައިފައިވާ ފަލަސްތީނުގެ އެތައް ރައްޔިތުންނެއް ދަނީ އުޅެމުންނެވެ. ހަމައެހެންމެ، ވަރަށް ފަހުން އިސްރާއިލުގެ މިނިސްޓަރަކު ބުނެފައިވަނީ ޖަލުތަކުގައި ފަލަސްތީނު ރައްޔިތުންނަށް މިހާރު ދެމުން އަންނަ ކުދި ކުދި ލުއިތައް ހަނިކުރުމަށް ނިންމާފައިވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު