އިސްލާމް ދީން ދޫކޮށްލި ސައުދީ އަރަބިޔާގެ އުމުރުން 18 އަހަރުގެ ކުއްޖާއާ ބެހޭގޮތުން ބައެއް ޤައުމުތަކާއި ބައިނަލްއަޤުވާމީ ޖަމާއަތްތަކުން ދައްކަމުންދާ ވާހަކަތަކުގެ ސަބަބުން ސައުދީ އަރަބިޔާ އަށާއި ކުއްޖާގެ އާއިލާއަށް ގެއްލުންތަކެއް ވަމުން އަންނަކަމަށް ދަ ސައުދީ ނޭޝަނަލް ސޮސައިޓީ ފޯރ ހިއުމަން ރައިޓްސް (އެންއެސްއެޗްއާރް) އިން ބުނެފިއެވެ.

ޤައުމުތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ސައުދީގެ މި ޖަމާއަތުން ބުނެފައިވަނީ އެފަރާތްތަކުން ވާހަކަ ދައްކަމުން ދަނީ އިންސާނީ އުސްލޫބެއްގެ ދަށުން ނޫންކަމަށާއި އެފަރާތްތަކުން އެވާހަކަ ދައްކަމުން ދަނީ ސިޔާސީ ބޭނުމެއްގައިކަމަށެވެ.

މީގެއިތުރުންވެސް ސައުދީގެ މި ޖަމާއަތުން ވަނީ ބައެއް ކަންކަން ފާހަގަ ކޮށްފައެވެ. އެގޮތުން، ކެނެޑާގެ ފޮރިން މިނިސްޓަރު ކްރިސްޓިޔާ ފްރީލަންޑް، މި މައްސަލައިގައި ސައުދީގެ ބޮލުގައި ބަދުނާމުތަކެއް އަޅުވަމުން ގޮސްފައިވަނީ ޑިޕްލޮމެޓިކް އުސޫލުތަކާވެސް ޚިލާފަށްކަމަށް ވިދާޅުވިއެވެ.

ހަމައެހެންމެ، މި ކަމުގެ ސަބަބުން ކުއްޖާގެ އާއިލާއަށްވެސް ގެއްލުންތަކެއް ވެފައިވާކަމަށް ބުނެފައިވެއެވެ. އެގޮތުން ބޭރުގެ ޖަމާއަތްތަކުންނާއި ޤައުމުތަކުން ދައްކަމުންދާ ވާހަކަތަކުގެ ސަބަބުން ކުދިންގެ އާއިލާ ބަދުނާމުވެ، އާއިލާގެ އަބުރަށް ހުތުރުވަމުންދާކަންވެސް ފާހަގަކޮށްލެވެއެވެ.

މިނިވަންކަން ހޯދުމަށްކަމަށް ބުނެ މާތްވެގެންވާ އިސްލާމް ދީން ދޫކޮށްލާފައިވާ ކުއްޖާ އެންމެ ފުރަތަމަ އެތެރެވެފައިވަނީ ތައިލެންޑަށެވެ. އެކުއްޖާގެ އަތުގައި އެކަށީގެންވާ ލިޔުންތައް ނެތްއިރު، އެހެން ޤައުމެއްގެ ސިޔާސީ ރައްކާތެރިކަމަށް އެދިފައިވަނީ އެހިސާބުންނެވެ. އަދި ކުއްޖާއަށް ހިމާޔަތް ދިނީ ކެނެޑާ އިންނެވެ.

މި ކުއްޖާއަށް އެންމެ ފުރަތަމަ ގިނަ ބައެއްގެ ސަމާލުކަން ނުލިބުނުކަމުގައިވިޔަސް، އިސްލާމް ދީން ދޫކޮށްލާފައިވާކަން ބުނުމުން، ބައެއް ޤައުމުތަކުން އެކުއްޖާ ހޯދުމަށް ބޮޑެތި މަސައްކަތްތަކެއް ފެށިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Anonymous

    އެއީ މުސްލިމެއް ނަމަ އެއްވެސް ގައުމަކިން ހިމާޔަތް ނުދޭނެކަން ޔަގީން ހަމަ.

  2. އަހުމަދުބެ

    ތިކުއްޖާ އަށް އެންމެ ބޮޑަށް ސަމާލް ކަން ދެނީ މިހާރު ނޫހުންނެވެ.

  3. ޖައްބާރު

    އެހެންވީމާ އަވަހަށް ތިކުއްޖާ ގެންގޮސްގެން މަރަންވީތަ؟

  4. ޙުސައިން

    ސައުދި އަރަނިޔާ އަކީ އިންސާނިއްޔަތަޟާއި އިސްލާމީ އުއްމަތަށް ހުރި ބޮޑު މުސީބާތެށް. ޢިސްލާމްދީނަކީ ހަމައެކެނި އަންހެނާގެ ޢައުރަ ރައްކާތެރި ކުރުން ހެންހީވެގެން އުޅޭބައެއް.ޔަމަނުގެ އެތަން ހާސް ފަޤީރުން ބޮން އަޅާ މަރާ ހުސްކުރަނީ.

  5. ޒާ

    އިސްލާމް ދީނުގެ އަދުއްވުންނާއި ގުޅިގެން އުޅޭ ދީނުގެ އަދުއްވެއް. ހަލާކުހުރި.

  6. ޒާ

    މިހާރު ނޫހަކީ އިސްލާމް ދީނާއި ދެކޮޅު ވާހަކަތައް ފަތުރައި ގައުމު ބައިބައިކުރުމުގައި އަރާތިބި ބަޔަކު ހިންގާ ނޫހެއް.

  7. އެދުރުބެ

    އިސްލާމް ދީން ދޫކުރާމީހުންނަނީ ވަރަށް އަވަހަށް މަޝްހޫރު ވާބަޔަކީތާ ދޯ؟

    • ވޮށުފިލާ

      މަޝްހޫރުވާނީ މިގޮތުން ސަލާމަތްކަން ލިބޭ މީހަކަށް

  8. ނަފުސާނީ

    މައިން ބަފައިން ދަރިންނަށް އަނިޔާކޮށް މަރާ ނަހަދާނެ. އެހާލަތައް މަންމަ/ބައްޕަ ވެއްޓޭނީ ނަފުސާނީ މައްސަލައެއްގެ ސަބަބުން. ޖަނަވާރުން ވެސް އޭނާގެ ދަރިންނަށް އަނިޔާކޮށް މަރާ ނަހަދާ. ވަރަށް ލޯބިންް ގެންގުޅެނީ. މިމައްސަލަ ދިމާވަނީ ހަމައެކަނި އިންސާނުންނަށް. އެއީ ނަފުސާނީ މައްސަލައެއްގެ ސަބަބުން. އެކުއްޖާ އެބަބުނޭ އޭނަގެ މައިންބަފައިންކައިރިޔަށް ފޮނުވައިފިނަމަ އޭނާ މަރާނެއޭ. ވީމާ.......

  9. ޖަރީމާވރިޔާ

    ހަގީގަތުގައި ސައުދީއަކީ އިސްލާމީ އަދުއްވެއް. އެއީ އެމީހުން އެދަނީ ޔަމަނުގެ އެތައްހާސް ކުޑަކުދިންނާ އަންހެނުންނާ ކުޑަކުދިންގެ ބޮލަށްބޮންއަޅާ ހުސްކުރަމުން.