އީރާންގެ މަޝްހޫރު ޕްރެސް ޓީވީގެ ނޫސްވެރިއެއް އެމެރިކާގެ ސަންޓަރ ލުއިސްގައި ހައްޔަރު ކޮށްފިކަމަށް އެޓީވީން ބުނެފިއެވެ.

ޕްރެސް ޓީވީން ބުނި ގޮތުގައި އެ ޗެނެލްގެ ނޫސްވެރިޔާ މަރްޒިއަހް ހާޝިމީ ހައްޔަރު ކުރުމަށް ފަހު އެމެރިކާގެ ވެރިރަށް ވޮޝިންޓަނަަށް މިހާރު ގެންގޮސްފައިވާކަމަށާއި އޭނާ ހައްޔަރު ކުރި ސަބަބެއް އެމެރިކާގެ ކަމާއި ބެހޭ ފަރާތްތަކުން ހާމަ ނުކުރާކަމަށެވެ.

ނޫސްވެރިޔާ މަރްޒިއަހް ހާޝިމީ އެމެރިކާ އަށް ދިޔައީ އާއިލާ އާއި ބައްދަލު ކުރާށެވެ. ނަމަވެސް އެމެރިކާގެ އެފްބީއައިން ވަނީ އޭނާ ސަންޓަ ލުއިސް އެއަރ ޕޯޓުން ހައްޔަރު ކޮށްފައެވެ.

ހައްޔަރުގައި އޭނާ މިހާރު 48 ގަޑިއިރު ވެއްޖެ ކަމަށާއި އާއިލާއާއި ބައްދަލު ކުރުމުގެ ފުރުސަތު ނޫސްވެރިޔާ މަރްޒިއަހް ހާޝިމީ ދީފައި ނުވާ ކަމަށް ޕެރެސް ޓީވީން ރިޕޯޓް ކުރެއެވެ.

އީރާންގެ ނޫސްވެރިއަކު ހައްޔަރު ކޮށްފައި މިވަނީ އެމެރިކާ އިން އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން މިދިޔަ މެއި މަހު ވަކިވުމަށް ފަހު ދަތިކުރުމުގެ ފިޔަވަޅުތައް އަޅާ ކުރިއަށް ވުރެވެން ގުޅުން ގޯސްވެފައި ވަނިކޮށެވެ.

އީރާންގެ ޖަލުގައި ވެސް އެމެރިކާ މީހުން އެބަތިއްބެވެ.

ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރި ފަހުން އީރާނާއި އެމެރިކާއާ ދެމެދު ދަނީ ބަހުގެ ހަމަލާތައް ބަދަލު ކުރަމުންނެވެ. އިސްރާއީލު ގެންދަނީ އީރާނުން ނިއުކްލިޔާ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމަށް ބުނެ އެޤައުމަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ.

ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވީ އީރާނާއެކު ވެފައިވާ ނިއުކިލިއާ އެއްބަސްވުމަކީ އޭނާ މިހާތަނަށް ދެކެވަޑައިގެންނެވީ "އެންމެ ގޯސް އެއްބަސްވުން" ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފުއާދު

    ހިސާބައްވުރެ ގަމާރުވީމަ ހައްޔަރު ކުރާނެ ދޯ..އިގޭނު ދާއިރުވެސް ހައްޔަރުވާނެކަން

  2. ޒާ

    އެމެރިކާއަކީ އެންމެ އަދުލުވެރި އިންސާރުވެރި ގައުމުކަމަށް ދެއްކެން އުޅޭ އިންސާނީ ހައްގޭ ކިޔާ އަނގައަރުވާ ގައުމު.