2014 ވަނަ އަހަރުގެ މާރިޗު މަހުގެ އަށްވަނަ ދުވަހު، ކުއާލަ ލަމްޕޫރުން ފުރައިގެން ބެއިޖިންގ އަށް ދަތުރު ކުރަމުން ދިޔަ މެލޭޝިޔަން އެއަރލައިންސްގެ އެމްއެޗް 370، ކަނޑަށް ވެއްޓޭ މަންޒަރު ފެނުނުކަމަށް މަސްވެރިޔަކު ބުނެފިއެވެ. ކީރިތި ޤުރުއާނުގައި އަތްލުމަށްފަހު ހުވާކުރުމަށްފަހު، މިކަންތައްތައް އޭނާ ވަނީ ކިޔައިދީފައެވެ.

އިންޑޮނޭޝިޔާ އަށް ނިސްބަތްވާ އުމުރުން 42 އަހަރުގެ ރުސްލީ ޚުޝްމިން ނަމަކަށް ކިޔާ މި މަސްވެރިޔާ ބުނެފައިވާ ގޮތުގައި މި މަތިންދާބޯޓު ކަނޑަށް ވެއްޓޭތަން، އޭނާއާއި އޭނާގެ ފަޅުވެރިންނަށް ފެނިފައިވެއެވެ. ހަމައެހެންމެ، ބޯޓު ވެއްޓުނުތަކުގެ ކޯޑިނޭޓްތައް، ޖީޕީއެސްގައި ރިކޯޑު ކޮށްފައިވާކަމަށްވެސް ބުންޏެވެ.

މަސްވެރިޔާ ހުވާ ކުރަނީ

މެލޭޝިޔާގެ ސުބަންގަ ޖަޔާގައި މިއަދު ކުރިއަށް ދިޔަ ނޫސް ކޮންފަރެންސް އެއްގައި މި މަސްވެރިޔާ މިކަންކަން ކިޔައިދީފައިވާއިރު، ބޯޓު ކަނޑަށް ވެއްޓި، އޭގެން އަރަމުން ދިޔަ ބޯ ކަޅު ދުންތައްވެސް ފެނުނުކަމަށް އޭނާ ބުނެފައިވެއެވެ. ހަމައެހެންމެ، ހަލާކުވެފައި އޮތް ބޯޓުގެ ބައިތައް ފެނުނުކަމަށްވެސް ބުންޏެވެ.

ފްލައިޓް ވެއްޓުނުކަމަށް ބުނާ ސަރަޙައްދު

"އަހަރެންނަށް ފެނުނު ބޯޓު ކަނާތް ފަރާތަށާއި ވާތް ފަރާތަށް، ހަލާކުވެފައި އޮތް ތެލަނގައެއްހެން ތެޅޭތަން... އެއްވެސް އަޑެއް ނީވޭ، ކަނޑަށް ވެއްޓުމުގެ ސަބަބުން ރޯވި އަލިފާނުގެ ސަބަބުން އެރި ބޯ ކަޅު ދުން އެކަނި ފެނުނީ." އޭނާ މިއަދު ބުންޏެވެ.

ޖީޕީއެސްގައި ރިކޯޑު ކުރެވުނު މައުލޫމާތާއި މި ނޫންވެސް މިކަމާ ގުޅުން ހުރި އެހެން މައުލޫމާތުތައް އޭނާ މިހާރުވަނީ ކަމާ ގުޅޭ މެލޭޝިޔާގެ ޖަމިއްޔާއަކަށް ހަވާލު ކޮށްފައެވެ. އެޖަމިއްޔާ އިން ބުނެފައިވަނީ މި މައުލޫމާތުތައް އެފަރާތްތަކުން އެޤައުމުގެ ބޮޑުވަޒީރު މަހާތީރު މުޙައްމަދަށް ފޮނުވާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އަންތަރީސް

    މަސްވެރިންތައް އެދުވަހުން ފެށިގެން ތިބީ ކޯމާއެއްގަތަ؟

  2. ޝާފީ

    ދެން މިއޮތް ހުރިހާ ދުވަހު ތިވާހަކަ ނުދައްކާ ތިހުރީ ކީއްވެގެންނޯ!

  3. ކަލޯ ގަޔޯ

    ކަލޭ މަސްވެރިއެއް ވީމަ އިޙްތިރާމްކުރަން. އެކަމު ކަލޭ ތީ ކުށްވެރިއެއް. މިހާ ދުވަހު ތިވާހަކަ ނުދައްކާ ތިހުރީ ކީއްވެހޭ؟

    8
    1
  4. ނަޖްވާ

    ސުވާލަކީ ފަސް އަހަރުވަންދެން ކީއްހޭ އޭނަ ކުރީކީ އެއް! މި އޮތް ހާ ދުވަހުވެސް އެތަށް ބައިވަރު ފަިއިސާ އަކާ ވަގުތަކާ، މީހުން އެކި ގޮތްގޮތަށް އެ ބޯޓަށް ވީ ގޮތެއް ހޯދަން ވެގެން އުޅުނު އިރުވެސް ހަމަ މީނަ ހުރީ ސައިލަންޓް މޯޑް ގަ ހޭ؟

  5. ޫހހ

    ވޭތުވެ ދިޔަ ދުވަސްތަކުގަ މީނަ ކޮބައިތަ

  6. ދާސް

    ދެން ކުޑަހުވަދޫ މީހުން މި ކިޔަނީ ކީކޭ

  7. އަންނި

    މީނަގެ ވަޒީފާގެ ގޮތުން އެ ވާހަކަ ދައްކަން ނުކެރުނީ.

    ޔާމީނުގެ ވެރިކަން ނިމުމުން މިހާރު ބިރު ކެނޑިއްޖެ.

    ސްޕޯކުސް ޕާސަން ވެސް އޭރު އެ ދޯނީގަ އިން.

    އަލިފާނެއް ނުދެކެން، ކުޑަ ދުންކޮޅެއް އެރި ތަން ދުށިން

    އެކަމަކު އުމަރު ބުނީ އަލިފާން ފެންނަ ކަމަށް

    5
    6
  8. އަލީ ސާފު

    ހަމަ ޓީވީ މުއާޒް

    2
    2
  9. މަސްވެރިޔާ

    އޭނައަކީ މަސްވެރިއެއްވީމަ އެކަކުވެސް އޭރު އޭނަ ދެއްކިވާހަކަ ގަބޫލުނުކުރީ ކަންނޭނގެއެއްނު މި އޮތްހާ ދުވަހު ހިފަހައްޓައިގެން ހުރީ. މަސްވެރިންނަކީ ދެރަނިކަމެތި ބައެއްގެ ގޮތުގަ ވިއްޔާ އެންމެވެސް ދެކެނީ. ޚާއްސަކޮށް ރާއްޖޭގައި. އެހެންވީމާ މެލޭޝިޔާވެސް ވެދާނެ އެކަހަލަ ގައުމެއްކަމަށް.

    5
    1
    • ފަސިޔަ

      އަހަރެން ނުބުނަން ދޮގެކޭ.

  10. ރަމްޒީ

    4 އަހަރު ފަހުން ދެން ކޮންވާހަކައެއް ދައްކާކަށް. އަދި އެވެސް އޭނާގެ ފަޅުވެރިންނަށޯ ފެނުނީ. މިކަލޭގެއަކަށް ނޫން. މިހީވަނީ ކޮންމެސް ކަންތައް ގަނޑެއް އޮބާލައި މީހުންގެ ވިސްނުމުގެ ކޯސް ބަދަލުކޮށްލަން ކުރި ކަމެއްހެން

  11. ޖިންނި

    ޤަބޫލް ކުރަން ، ނިކަމެތި މަސްވެރިއެއްގެ ވާހަކަ ގިނަމީހުން ޤަބޫލެއް ނުކުރާނެ އެހެންވެ ކަމަށް ވާނީ އެހާ ލަސްވީ

    5
    1
  12. ބުރޯ

    ބޮޑެތި ސައިންޓިސްޓުން ނާ އެނަލިސްޓުން ބޯޓް ވެއްޓުނުތަން ކިޔާދޭއިރު މަސްވެރިޔާ ހުންނަންވާނީ ހިމޭނުން ދޯ . ހޯދާހޯދާ ނުފެނުނީމަ ޖަންގައްޔަށް މިސްރާބު ޖަހަންފެށީމާމަސްވެރިޔާ އަކަށް ކެތެއްނުކުރެވުނު . ބަންޑުންކޮށްލީ . މައްސަލައެއް ނެތެއްނު.

  13. ދޮށިކޮއި ޢަލީގެ މުޙައްމަދު

    ތިވާނީ ޔާމީނު ގެއްލުވާލި ފުލައިޓަކަށް އެހެން ވީމާ އެމީހާއަށް ޔާމީން އަންގާފަ އޮތީ އޭތި ދޫވެހި ޓެރަހުގައި އޮތް ވާހަކަ ނުބުނަން މިހާރު މަރުކޮމެޓީން އެސުވާލު ކުރީމަ މިހާރު ކިޔައި އެދިނީ

    2
    1