ސީރިއާގެ އުތުރުގައި އޮންނަ މަންޖިބްގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި އެމެރިކާގެ ހަތަރު ސިފައިން މަރުވެ އިތުރު ތިން ސިފައިން ޒަހަމް ވެއްޖެއެވެ.
ސީރިއާގެ ހާލަތު ގެނެސްދޭ އިނގިރޭސިވިލާތުގައި ހަރަކާތްތެރިވާ ސީރިއަން އޮބްޒަވޭޓްރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ އެމެރިކާ ކޯލިޝަންގެ ސިފައިންނަށް އަމާޒުކޮށް ދިން ހަމަލާގައި ޖުމްލަ 16 މީހުން މަރުވި ކަމަށެވެ. އެމެރިކާ ސިފައިންގެ އިތުރުން ދެން މިހަމަލާގައި މަރުވެފައި ވަނީ ސީރިއާގެ އާއްމުންނެވެ.
އެމެރިކާގެ އޮފިޝަލުން ވަނީ ސީރިއާގައި އެމެރިކާ ހަތަރު ސިފައިން މަރުވެ ތިން ސިފައިން ޒަހަމްވި ކަން ކަށަވަރު ކޮށްދީފައެވެ.
"އެމެރިކާ ސިފައިންތަކެއް މަރުވެ، އިތުރު ސިފައިންތަކެއް ޒަހަމްވި ހަމަލާގެ މައުލޫމަތު މިހާރު ވަނީ ރައީސް ޓްރަމްޕް އާއި ހިއްސާ ކުރެވިފައި. ސީރިއާގެ ހާލަތު މިދަނީ ގާތުން ބަލަމުން" ވައިޓް ހައުސްގެ ތަރުޖަމާން ވިދާޅުވިއެވެ.
މިހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން ވަނީ އުފުލާފައެވެ.
އެމެރިކާ ސިފައިންނަށް އަމާޒުކޮށް ސީރިއާގައި ހަމަލާއެއް ދީފައި ވާއިރު އައިއެސް ބަލިކުރެވިއްޖެ ކަން އިއުލާންކޮށް ޓްރަމްޕް ވަނީ ސީރިއާގައި ތިބި ހުރިހާ ސިފައިން އެގައުމުން ބާލަން މިދިޔަ މަހު ނިންމާފައެވެ. ސީރިއާގައި އެމެރިކާގެ 2000 ސިފައިން އެބަތިއްބެވެ. އޭގެ ތެރެއިން ބައެއް ސިފައިން މިހާރު ވަނީ ޓްރަމްޕްގެ ނިންމުމާއި އެއްގޮތައް ސީރިއާ އިން ފައިބަން ފަށާފައެވެ.
މިއަދު ދިން ހަމަލާ އާއި ގުޅިގެން ސީރިއާ އިން އެމެރިކާ ސިފައިން ބޭލުމުގެ އޮޕަރޭޝަނަށް ބަދަލެއް ނާންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަލްޙަމްދު ލިﷲ
އަލްޙަމްދުލިﷲ !
ތީގެ ބަދަލު ނަގަންޖެހޭނެ އިރާންގެ އަތުން