އެމެރިކާގެ ކުރީގެ މަޝްހޫރު ބޮކްސިންގ ތަރި، މުޙައްމަދު އަލީގެ ނަމަށް، އެޤައުމުގެ އެއަރޕޯޓެއް ނިސްބަތްކުރުމަށް ނިންމައިފިއެވެ. މި އެއަރޕޯޓަކީ އޭނާގެ އުފަން އަވަށްކަމުގައިވާ ކެންޓަކީގައި ހުންނަ އެއަރޕޯޓެވެ.

ލުއިސްވިލް ރީޖަނަލް އެއަރޕޯޓް އޮތޯރިޓީ އިން ބުނެފައިވާ ގޮތުގައި ކެންޓަކީގައި ހުންނަ އިންޓަނޭޝަނަލް އެއަރޕޯޓުގެ ނަން ބަދަލު ކުރުމަށް ނިންމާފައިވަނީ ލުއިސްވިލް މުޙައްމަދު އަލީ އިންޓަނޭޝަނަލް އެއަރޕޯޓުގެ ނަމަށެވެ.

1942 ވަނަ އަހަރު އުފަންވި މި ކުޅަދާނަ ބޮކްސިންގ ތެޅުންތެރިޔާ އަށް، މިދިޔަ ބުރާސްފަތި ދުވަހު 77 އަހަރު ފުރުނީހެވެ. އެހެންނަމަވެސް، 2016 ވަނަ އަހަރު އޭނާވަނީ މަރުވެފައެވެ.

މުޙައްމަދުގެ ހުވަފަތް އަންހެނުން، ލޮނީ އަލީ ބުނެފައިވާ ގޮތުގައި މި ނިންމުމާ ގުޅިގެން އޭނާ ވަރަށް އުފާވާކަމަށާއި އަދި ވަރަށް ފަޚުރުވެރިވެސްވާކަމުގައެވެ. ހަމައެހެންމެ، އެއަރޕޯޓަށް ޒިޔާރަތް ކުރާ ކޮންމެ މީހަކަށް މުޙައްމަދުގެ ނަމުގެ މަތިން ހަނދާންވާނެކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މުޙައްމަދު އަލީ އަކީ ވިހަވަނަ ގަރުނުގެ ތެރޭގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ކުޅިވަރު ޝަހުސިއްޔަތެވެ. ކުޅިވަރުގެ ރޮނގުތަކުގެ އިތުރުން އެހެން ބައެއް ރޮނގުތަކުންވެސް އޭނާ ފާހަގަ ކޮށްލެވޭއިރު، އޭނާ އަކީ ދުނިޔޭގެ އެތައް ބައެއްގެ އިހުތިރާމް ލިބިފައިވާ މުސްލިމު ޝަހުސިއްޔަތެއްވެސްމެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަހާންގީރު

    ވ އުހައު ވެއްޖެ އަހުން ، އަހުންނަށް ހެޔޮ ގެރި މޯދީ ކިތަންމެ ރުޅި އަޔަސް