އިޓަލީ އަކީ ދުނިޔޭގެ އެންމެ ރީތި ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ. ކެއިންބުއިމާއި، ތާރީޚީ ގޮތުން ބެލިކަމުގައިވިޔަސް އެއީ އެންމެ ފާހަގަ ކޮށްލެވޭ އެއް މަންޒިލެވެ. އެތައް ބަޔަކު ޗުއްޓީ ހޭދަކޮށްލުމަށް، އެތައް ޚަރަދެއް ކޮށްގެން އިޓަލީ އަށް ދެއެވެ. އެޤައުމުގައި އުޅެން ބޭނުންވާ ފަރާތްތަކަށް މިއޮތީ ރަނުގެ ފުރުޞަތެކެވެ.

އާބާދީ ކުޑަވުމުގެ މައްސަލައާ ކުރިމަތިލާން ޖެހިފައިވާ އިޓަކީގެ ސިސިލީ އައިލެންޑުގެ ސަރަޙައްދަކުން ދަނީ، އެސަރަޙައްދަށް ބަދަލުވުމަށް ބޭނުންވާ ފަރާތްތަކަށް ވަރަށް އަގުހެޔޮކޮށް ގެދޮރު ވިއްކަމުންނެވެ. އެގޮތުންމ ސިސިލީގެ އެކި ސަރަޙައްދުތަކުން އެންމެ ޔޫރޯ އަކަށް ނުވަތަ ދިވެހި ރުފިޔާ އިން ބަލާނަމަ 17.69 ރުފިޔާ އަށް ދަނީ ގެ ވިއްކަމުންނެވެ.

ތާރީޚީ ބިނާތަކާއި، މެޑިޓެރޭނިއަން ކަނޑާއި ގޮނޑުދޮށްތަކުގެ ހިތްގައިމުކަމުން މަޝްހޫރުވެފައިވާ ސިސިލީގެ އާބާދީ ކުޑަވަމުން ގޮސްފައިވަނީ، ރަށް ދޫކޮށް އެތައް ބަޔަކު ބޮޑެތި ސިޓީތަކަށް ބަދަލުވަމުން ދިޔުމުގެ ސަބަބުންނެވެ.

ސިސިލީ

"ސީއެންއެން" އިން ބުނެފައިވާ ގޮތުގައި ސިސިލީގެ ސަމްބުކާ ސަރަޙައްދުން ގިނަ ގެތަކެއް ވިއްކަމުންދާއިރު، މިހާރު ވަގުތުން ވަގުތަށް މި ގެތައް ގަތުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ސަރަޙައްދުގެ ޓުއަރިސްޓް ކައުންސިލަރ އަދި ޑެޕިއުޓީ މޭޔަރު ބުނެފައިވާ ގޮތުން ގަންނަތަނުން ވަގުތުން ވަގުތަށް ގެތަކަށް ވަންނަން ލިބޭނެއެވެ. އެހެންނަމަވެސް، އޭގެ ތެރޭގައި މުސްކުޅި ގެތަކާއި އައު ގެތައް ހިމެނޭކަމަށާއި ގެތައް ވިއްކުމުގައި އެކަންކަމަށް ބަލާނީ އެފަރާތްތަކުން ނޫންކަމަށްވެސް ބުނެފައިވެއެވެ.

ރީތި ރުއްތަކާއި، އޮރެންޖު އަދި މެންޑަރިން ގަސްތައް ގިނަ އަދަދަކަށް މި ސަރަޙައްދުގައި ހެދިފައި ހުންނައިރު، ކޮންމެ ޤައުމެއްގެ ކޮންމެ މީހަކަށްވެސް މި ތަނުން ގެ ގަތުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ގަންނަ މީހާ

    ކިހިނެއް ގަންނަން ވީމަ ވާންވީ. ކާކަށް ގުަޅަންވީ. ގަންނަން ވެގެން މި އަހަނީ

  2. މޫސަ

    ސީލައިފް ކިޔާ ކުނފުންޏަކުން ފްލެޓް ވެސް ވިއްކި ހުޅުމާލެއިން. ލާރިކޮޅު ވެސް އޮބާލީ ފްލެޓް ހުރިތާ ވަޅުގަނޑުވެސް ނެތް.

  3. ނަޝާ

    ތިއީ ވަރަށް ގުދުރަތީ ކާރިސާތައް ގިނަ ސަރަހައްދެއް

  4. Anonymous

    ވަޓްސް ދަ ކެޗް؟

  5. ޔޫރަޕް

    ތިއީ މާފިޔާ ގޭންގުގެ ނުފޫޒު ވަރަށް ބޮޑު ސަރަހެއްދެއް.