އެމެރިކާ އަށް އަމާޒުކޮށް މީސް މީޑިޔާގައި މިހާރު ވައިގައި ހިފާފައިވާ ޓެން އިޔަރ ޗެލެންޖް އިރާންގެ ޚާރިޖީ ވަޒީރުވެސް ހައްދަވައިފިއެވެ.

އިރާންގެ ޚާރިޖީ ވަޒީރު ޓްވިޓަރ މެދުވެރިކޮށް ޓެން އިޔަރ ޗެލެންޖް އަމާޒުކުރައްވާފައިވަނީ އެމެރިކާއަށެވެ.

އިރާންގެ ހާރިޖީ ވަޒީރު ވަނީ ޓުވިޓަރ މެދުވެރިކޮށް އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖޯން ބޮލްޓަން 2009ވަނަަ އަހަރުވެސް އަދި 2019ވަނަ އަހަރުގައިވެސް އިރާންއަށް ހަމަލާ ދޭން ގޮވާލާފައިވާ ހަބަރުތަކެއްގެ ސްކްރީންޝޮޓް ލުމަށްފަހު ފާޑުކިޔާފައެވެ.

އާންމުކޮށް ޓްވިޓަރ މެދުވެރިކޮށް އެމެރިކާގެ އޮފިޝަލުންނަށް ހަޖޫޖައްސަވާ ޖަވާދު ޒާރިފް ވިދާޅުވީ އެއީ ހަމަ އެއް ދޮގެއްކަމަށާއި އެއް ބުލީއެއްކަމަށް، ބޮލްޓަންއާއި ދިމާލަށް ވިދާޅުވެފައެވެ.

މެދުއިރުމަތީގެ ހަމަޖެހުން ނަގާލަނީ އިސްރާއީލުން ކަމަށް ބުނެ އީރާނުން ވަނީ އެމެރިކާއާއި އިސްރާއީލާ ދެކޮޅަަށް ހަނގުރާމައަށް ނިކުންނަން ފަސް ނުޖެހޭނެ ކަމަށް ދާދި ފަހުން ބުނެފައެވެ.

ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރި ފަހުން އީރާނާއި އެމެރިކާއާ ދެމެދު ދަނީ ބަހުގެ ހަމަލާތައް ބަދަލު ކުރަމުންނެވެ. އިސްރާއީލު ގެންދަނީ އީރާނުން ނިއުކްލިޔާ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމަށް ބުނެ އެޤައުމަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ.

އަރަބި ގައުމުތަކުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކަށް މިސައިލް ފޯރުކޮށްދޭ ގައުމުގެ ގޮތުގައި އެމެރިކާ އާއި ހުޅަނގުގެ ގިނަ ގައުމުތަކުން ތުހުމަތު ކުރާ އިރު އީރާންގެ ލީޑަރު ރޫހާނީ ވިދާޅުވީ އަމިއްލަ އުފެއްދުންތެރިކަމުގެ މައްޗަށް ބަރޯސާވާ ގައުމުތަކަށް ފުރިހަމަ ބާރާއި އަމިއްލަ އިސްތިގްލާލެއް އޮތްކަން އޭގެ ހަގީގީ މާނައިގައި އިހްސާސް ކުރެވެން ޖެހޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނެފިނެސް

    މުސްލިމުން އެކަތިގަނޑަކަށްވާނެ އެހެންމީހުންނަށް ލިބެންޖެހޭ ޙައްޤުތަށް އީރާނަށްވެސް ލިބެންޖެހޭ ގޮތްދޫކުރާނެކަމެއްނެތް އީރާނަށް ހަމަސާބަސް.........