އިންޑިއާގެ ބައެއް ސަރަހައްދުތަށް ހަތަރު ބިންހެލުމަކުން ގުޑުވާލައިފިއެވެ.

އިންޑިއާގެ ބައެއް ސްޓޭޓްތަށް ހިމެނޭ ގޮތަށް ރިކްޓާ މިންގަނޑުން 4.1 ގެ ބާރުމިނުގައި މިއަދު ބިންހެލުމެއް އައި އިރު އޭގެ ފަހުން ކުދި ތިން ލޮޅުން ވަނީ އަރާފައެވެ.

ބިންހެލުމުގައި އެއްވެސް ގެއްލުމެއް ލިބުނު ކަމަށް ރިޕޯޓްކޮށްފައެއް ނުވެއެވެ. ސައެންސްވެރިން ބުނެފައި ވަނީ ބިންހެލުމުގެ އަސްލު ހުރީ ހަތް ކިލޯމީޓަރު އަޑީގައި ކަމަށް ބެލެވޭ ކަމަށެވެ.

އިންޑިޔާގެ އިރުއުތުރުގެ 4 ސްޓޭޓަކަށް ބިންހެލުން އައިސްފައިވާއިރު، މި ބިންހެލުމުގެ ލޮޅުންތައް އެންމެ ކުރިން އައިސްފައިވަނީ، ގުޖުރާތް އަށެވެ. ބިންހެލުމުގެ އަސަރު ވަނީ ވެރިރަށް ނިއު ދިއްލީ އާއި ޕަންޖާބު އަދި އަވައްޓެރި ގުރްބައޮން އަށް ވެސް ކޮށްފަ އެވެ. މަދިޔަ ޕްރަދޭޝް އަށް ވެސް ބިންހެލުމުގެ އަސަރު ކުރި ކަމަށްވެއެވެ.

2016 ވަނަ އަހަރު އިންޑިއާގެ އިރު އުތުރުގެ ޞަރަޙައްދަށް އައި ބާރުގަދަ ބިންހެލުމެއްގައި ހަ މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

އީސްޓް ޓިމޯގެ އިތުރުން އިންޑިއާއާ އަވައްޓެރި ނޭޕާލަށް 2015 ވަނަ އަހަރު 7.8 ގެ ބާރުމިނުގެ އައި ބިންހެލުމުގައި ވަނީ ގާތްގަނޑަކަށް 9،000 މީހުން މަރުވެފަ އެވެ. އަދި ބައި މިލިއަނެއްހާ ގެ ވަނީ ހަލާކުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު