މަސްޖިދުއް ނަބަވީގެ އިސް އިމާމެއްގެ ގޮތުގައި ހިދުމަތް ކުރެއްވި ސައުދީގެ ޝެއިހް އަހްމަދު އަލް އަމާރީ، ޖަލުގައި އަވަހާރަވެއްޖެއެވެ.

ރިޕޯޓުތަށް ބުނާ ގޮތުގައި އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާގެ ޤުރުއާން ކޮލެޖްގެ ޑީން ކަންވެސް ކުރައްވާފައިވާ ޝެއިހް އަހްމަދު އަލް އަމާރީ އަވަހާރަވީ ޖަލުތަކުގެ ހާލަތު ހުރި ގޮތުންނެވެ.

އުމުރުން 69 އަހަރުގެ ޝެއިހް އަހްމަދު އަލް އަމާރީ އަވަހާރަވުމާއި ގުޅިގެން ސައުދީގެ ކަމާއި ބެހޭ ފަރާތްތަކުން އަދި ރަސްމީ ބަޔާނެއް އާންމު ކޮށްފައެއް ނުވެއެވެ.

ހައްޔަރުކުރެވޭ އިލްމުވެރިންގެ ދިފާއުގައި މަސައްކަތްކުރާ ޖަމިއްޔާ ޕްރިޒަނާސް އޮފް ކޮންސައިންސްއިން ބުނާގޮތުގައި ޝެއިހް އަހްމަދު އަލް އަމާރީ އަވަހާރަވީ، ހައްޔަރުކުރެވުނުތާ ފަސް މަސްދުވަސް ފަހުނެވެ.

ގޭގައި ހުންނަވަނިކޮށް، ސައުދީގެ ކަމާއި ބެހޭ ފަރާތްތަކުން މީގެފަސް މަސްކުރިން ހިންގި އޮޕަރޭޝަނެއްގައި ޝެއިހް އަހްމަދު އަލް އަމާރީ ހައްޔަރު ކުރި އިރު ސައުދީން ފާއިތުވީ 5 މަހެއްހާ ދުވަސް ޝެއިހް އަހްމަދު އަލް އަމާރީ ބަންދުގައި ބަހައްޓަވާފައިވަނީ އެކަހެރި ޖަލެއްގައި އެވެ.

ސައުދީގެ ކަމާއި ބެހޭ ފަރާތްތަކުން، ގަސްތުގައި ޝެއިހް އަހްމަދު އަލް އަމާރީ އަށް އިހުމާލުވެފައި ވާކަމަށާއި، ނަތީޖާއެއްގެ ގޮތުން މިއަދު އެ އިމާމު އަވަހާރަވީ ކަމަށް ޕްރިޒަނާސް އޮފް ކޮންސައިންސްއިން އިން ބުނެއެވެ.

ޝެއިހް އަހްމަދު އަލް އަމާރީ އަވަހާރަވީ އެކަށީގެންވާ ސިއްހީ ފަރުވާ ނުދެވިގެން ކަމަށް މީސް މީޑިއާގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ޝެއިހް އަހްމަދު އަލް އަމާރީ އަވަހާރަވިއިރު ވަނީ މިމަހުގެ 2 ވަނަ ދުވަހު، ޛަހްބާން ޖަލުން ކިންގް އަބްދުﷲ މެޑިކަލް ކޮމްޕްލެކްސްއަށް ބަދަލުކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ابراهيم

  انالله وانااليه راجعون

 2. ކުރަފި

  މިވަރުގެ މީހުންވެސް ކުއްވެރިވޭތަ؟

 3. ގގ

  انا لله وانا اليه راجعون ..
  ޝެޚް އަށް ހެޔޮ ރަަހުމަތް ލައްވާ ފާފަފުއްސަވާ ޖަންތުލް ފިރްދައުސް ދެއްވާށި .. އާމީން

 4. ބިން ޢަލީ

  ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ޝައިޚަށް ރަޙުމަތްލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާންދޭވެ. އަދި އިސްލާމީ އުއްމަތް އަނިޔާއާއި ފަސާދައިގެ އަހުލުވެރިންގެ ކިބައިން ސަލާމަތްކުރައްވާ ތައުޙީދުގެ މަތީގައި ޘާބިތުވާ ޢަދުލުވެރިން އިސްކޮށްދެއްވާންދޭވެ. އަދި އަޅަމެން މުސްލިމުންކަމުގައިވާ ޙާލު މަރުގަންނަވާންދޭވެ.

  • ނުރަބޯ

   އާމީން.

 5. Anonymous

  ސައުދީ އަކީ މުސްލިމް ޤައުމެއްތަ؟

  • ޢަލީނަސީރު

   ސައުދީއަކީ އިސްލާމީ ގައުމެއްނޫން ސައުދީގައި އޮށްނަނީ އަލް ސޫއޫދު އާއިލާ ބޭނުންވާ ވާޝަންގެ ދީނެއް އެޔަކަށް އިސްލާމްދީނޭ ނުކިޔޭނެ

 6. ޕީޖޭ

  انالله وانااليه راجعون