ވެނެޒުއޭލާގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުން އެގައުމު ދޫކޮށް ދިއުމަށް ވެނެޒުއުލާގެ ރައީސް ނިކޮލަސް މަދޫރޯ މުހުލަތެއް ދީފައިވަނިކޮށް އެގައުމުން އެމެރިކާގެ ޑިޕްލޮމެޓުން ބާލަން ދެކޮޅު ހަދައި އެމެރިކާއިން މަޑޫރޯ އަށް ވަރުގަދަ އިންޒާރު ދީފިއެވެ.
އެމެރިކާގެ ސްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮންޕިއޯ ނެރުނު ބަޔާނެއްގައި ވަނީ އެމެރިކާއިން ވެނެޒުއޭލާއި އެކު ގުޅުން ނުކަޑާނެ ކަމަށާއި އަދި ވެނެޒުއޭލާގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުން ވެސް ނުބާލާނެ ކަމަށެވެ.
"ވެނެޒުއޭލާގައި ތިބި އެމެރިކާގެ ރައްޔިތުންނާއި ޑިޕްލޮމެޓުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ މަޑޫރޯގެ ޒިންމާއެއް, ޑިޕްލޮމޭޓުންނަށް ލިބޭ ގެލުމަކަށް ފިޔަވަޅު އަޅާނަން" މައިކް ޕޮންޕިއޯގެ ބަޔާނުގައި ވެއެވެ.
U.S. will conduct diplomatic relations with #Venezuela through the government of interim President Guaido. U.S. does not recognize the #Maduro regime. U.S. does not consider former president Maduro to have the legal authority to break diplomatic relations. https://t.co/DBS4GiGEWI pic.twitter.com/gQZJuS1xfn
— Secretary Pompeo (@SecPompeo) January 24, 2019
އެމެރިކާ އަޑީގެ އޮވެގެން ވެނެޒުއޭލާގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރާތީ އާއި އެކު އެގައުމުގެ ވަގުތީ ރައީސް އަކީ އިދިކޮޅު ލީޑަރު ހުއާން ގުއައިޑޯ ކަމަށް ހުއާން އިއުލާން ކުރުމާ އެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ނިންމުން ބަލައިގަތުމާއި ގުޅިގެން ވެނެޒުއޭލާއިން ވަނީ އެމެރިކާ އާއި އެކު އޮތް ހުރިހާ ގުޅުމެއް ކަޑާލާފައެވެ.
ވަގުތީ ރައީސް އަކީ އިދިކޮޅު ލީޑަރު ހުއާން ގުއައިޑޯ ކަމަށް ބަލައިގަނެ ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުނު ބަޔާނުގައި ބުނެފައި ވަނީ މަދޫރޯ އުފައްދާފައި ވަނީ ގާނޫނީ ސަރުކާރެއް ނޫން ކަމަށެވެ.
މި މަހު ކުރީ ކޮޅު ރައީސްކަމުގެ ދެ ވަނަ ދައުރުގެ ހުވާ ކުރެއްވި މަޑޫރޯ ވަނީ އެމެރިކާ އާއި އޮތް ހުރިހާ ގުޅުމެއް ކަޑާލާފައެވެ. ވެނެޒުއުލާގެ ރައީސް ނިކޮލަސް މަދޫރޯއާ ދެކޮޅަށް އެތައް ހާސް ބަޔަކު އިއްޔެވެސް ވަނީ މަގުތަކަށް ނުކުމެފައެވެ.
އިދިކޮޅު ލީޑަރުގެ އިތުރުން ގާނޫނު ހަދާ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ހުއާން ވިދާޅުވީ ގައުމު މިނިވަންވަންދެން މުޒާހަރާގެ ބައިވެރިން މަގުތަކުގައި ތިބޭނެ ކަމަށެވެ. އޭނާ ވަނީ ސަރުކާރުގެ އަމުރުތަކަށް ސަލާމަތީ ބާރުތަކުން ކިޔަމަން ނުވުމަށް ގޮވާލައިފަ އެވެ.
އެމެރިކާ އިސްވެ އޮވެ ވެނެޒުއޭލާގައި ބަގާވާތެއް ރާވަމުން ދާކަމަށް ބުނަމުން ދާއިރު ވެނެޒުއެލާއިން ވަނީ މީގެ ކުރިން އެމެރިކާ އަޑީގައި އޮވެގެން އެގައުމުގެ ސަރުކާރު ވައްޓާލަން އެތަށް ފަހަރަކު މަސައްކަތް ކުރި ކަމަށް ވެސް ތުހުމަތު ކޮށްފައެވެ.
އެ ބުނާ ޑިމޮކްރަސީ އަކީ ހުޅަނގާ އެމެރިކާއިން ބޭނުން ސިފައެއްޖެއްސޭ އެމީހުންބޭނުންވާ ގޮތަށް ބައްޓަން ކުރެވޭ ނިޒާމެކެވެ.